ރެސިޕީ: އީޒީ ޗޮކްލެޓް މޫސް
ބޭނުންވާ ތަކެތި
250 ގ ކުކިންގ ޗޮކްލެޓް
250 އެމް އެލް ބިހުގެ ހުދު ބައި
4 ބިހުގެ ގޮބޮޅި
1 މޭޒުމަތީ ސަމުސާ ބަޓަރ
175 ގ. އައިސިންގ ޝުގަރ
ތައްޔާރު ކުރާނެ ގޮތް
ޗޮކޮލެޓް ކުދިކޮށް ކޮށާފައި އެއްޗަކަށް އަޅާފައި ހޫނު ފެން އެއްޗެއްގެ މަތީގައި ބަހައްޓައިގެން ދިޔާ ކޮށްލާށެވެ.
ބަޓަރު ކޮޅު ޗޮކޮލެޓް ކޮޅާއި އެއްކޮށްފައި އުނދުން މައްޗަށް އުދާފައިމަޑު ގިނީގައި ބަހައްޓައިގެން ރަނގަޅަށް މިކްސް ކޮށްލާށެވެ .
ދެބައި ރަނގަޅަށް ދިޔާވީމާ އުނދުން މަތިން ބާލާފައި ބިހުގެ ގޮބޮޅި އަޅާފައި ރަނގަޅަށް އެއްކޮށްލާށެވެ.
ބިހުގެ ހުދު ބަޔާއި އައިސިންގ އެއްކޮށްފައި ވިސްކަކުން ކްރީމް އަށް ވަންދެން ގިރާލާށެވެ.
މި ކްރީމް ކުރީގެބަޔާއި މަޑު މަޑުން ( ފޯލްޑް ) ކޮށްލާށެވެ.
ދެން ތަށްޓަކަށް ނުވަތަ ސާރވިންގ ޑިޝް އަކަށް އަޅާފައި ފްރިޖްގައި ބަހައްޓާށެވެ.