ޚަބަރު

ރެސިޕީ: ބްރެޑް ލަޒާނިއާ

ދެން އެމްވީ ، ދެން އޮންލައިން

ބޭނުންވާ ތަކެތި:

Ads by STELCO

1 ޕާން (ޓްރޭގެ ސައިޒަށް އެކަށޭނަ ވަރަކަށް)

2 މަސް ދަޅު

1 ކެރެޓު ގާނާފައި

1 ފިޔާ

2 ލޮނުމެދު

އިނގުރު ކޮޅެއް

ހިކަނދިފަތް ކޮޅެއް

1 ގިތެޔޮ މިރުސް

1 ކެޕްސިކަމް

1/2 ލީކްސް

2 ސަމްސާ ޓޮމާޓޯ ސޯސް

2 ސަމްސާ ޗިލީ އެންޑް ގާލިކް ސޯސް

2 ސަމްސާ ފްރައިޑް ޗިކަން ޗިލީ ސޯސް

1 ސަމްސާ އޮއިސްޓާ ސޯސް

1/2 ސަމްސާ ސޯޔާ ސޯސް

10 ބިސް

ލޮނު (ރަހަލާވަރަށް)

އަސޭމިރުސް( ރަހަލާވަރަށް)

ތައްޔާރު ކުރާނެ ގޮތް:

ފިޔާ އަދި ހިކަނދިފަތް އަޅާ، ފިޔާކޮޅު ރަތް ވަންދެން މީރުކޮށްލާށެވެ. އަދި އޭގެތެރެއަށް ވަރަށް ކުދިކުދިކޮށް ކޮށުމަށްފަހު ލޮނުމެދު، އިނގުރު، ކެޕްސިކަމް، ގިތެތޮ މިރުސް އަދި ގާނާފައި ހުރި ކެރެޓާއި ލީކްސް އަޅާލާށެވެ. އެއަށްފަހު މަސް ދަޅު އަޅާ އެހެން އިންގްރިޑިއަންޓްސްތަކާއި އެކު މިކްސް ކޮށްލާށެވެ. އިރުކޮޅަކު ކައްކާލުމަށްފަހު ހުރިހާ ސޯސްތަކެއް އަޅާލާށެވެ. އަދި ލޮނާއި އަސޭމިރުސް އެޅުމަށްފަހު މަޑު ގިނީގައި 3 މިނިޓް ކައްކާލާށެވެ. މަސްގަނޑު ތައްޔާރުކޮށް ނިމުނީ އެވެ.

ލަޒާޏިއާ އަތުރާލުމަށްޓަކައި ޕާނުގެ ހަތަރު ފަރާތް ކަފާލާށެވެ. ހުރިހާ ބިހެއް ފެޅުމަށްފަހު ވަކިން ތަށްޓަކަށް އަޅާލުމަށްފަހު ކުޑަ ލޮނު ކޮޅަކާއި އަސޭމިރުސްކޮޅެއް އަޅާލާށެވެ.

ދެން ޓްރޭއެއްގައި މާޖިރިން ހާކާލުމަށްފަހު ޕާން ފޮތިތައް ޓްރޭގައި އަތުރާލާށެވެ. އެއަށްފަހު މަސްގަނޑުގެ އެއްބަޔާއި ބިހުގެ އެއްބައި އަޅާލާށެވެ. މިގޮތަށް ޓްރޭގައި ރިޕީޓްކޮށްލާށެވެ. އެންމެ މައްޗަށް ހުންނަންވާނީ ބިހެވެ.

އެއަށްފަހު ބިސްތައް ރަނގަޅަށް ރޯފިލަންދެން އަވަންގައި ފިހެލާށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!