ޚަބަރު

އެހެން ބަޔަކަށް ފްލެޓު ދޭންވާނީ މާލެ މީހުންނަށް ދީފައި: ސަރަނގު އާދަމް މަނިކު

ދެން އެމްވީ ، ދެން އޮންލައިން

މާލޭގައި އަޅާ ފްލެޓުތައް އެހެން ބަޔަކަށް ދޭންވާނީ މާލޭގައި ބޯހިޔާވަހިކަން ބޭނުން ވެފައިވާ މާލޭ ރައްޔިތުންނަށް ފްލެޓު ދިނުމަށް ފަހު ކަމަށް ސަރަނގު އާދަމް މަނިކު ވިދާޅުވެއްޖެއެވެ.

Ads by MWSC

ސަރަނގޭ ވަނީ އަންނަ އޭޕްރީލް މަހު ބާއްވާ ކައުންސިލް އިންތިޚާބުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރަން ނިންމާފައެވެ. އޭނާ ވަނީ މީގެ ކުރިން ވެސް މާލެ ސިޓީ މޭޔަރުކަން ކުރިން ކުރައްވާފައެވެ.

ސީއެންއެމްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ސަރަނގޭ ވިދާޅުވީ، މާލެ އަކީ މާލެ މީހުންގެ ތަނެއް ކަމަށާއި މާލޭ ރައްޔިތުން މާލޭގައި ދިރިއުޅެނީ ވަރަށް ނިކަމެތި ހާލެއްގައި ކަމަށެވެ. އަދި މިއީ އެ ރައްޔިތުން މިއަދު އުޅެން ޖެހޭ ހާލު ނޫން ކަމަށް ވެސް ވިދާޅުވިއެވެ.

އޭނާ ވަނީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އުޅޭ ވަޒީފާއަށް ބަލާފައި ފްލެޓު ދިނުމުގައި އިސްކަން ދޭން ނިންމި ނިންމުމަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ސިފައިންނާއި ޓީޗަރުން އަދި ނަރުހުން ފަދަ ގައުމީ ޚިދުމަތުގައި ތިބޭ މީހުންނަށް ފްލެޓު ދޭން ނިންމި ނިންމުމަކީ ދުނިޔޭގެ އެއްވެސް ތަނެއްގައި އަމަލު ކުރާ ގޮތެއް ނޫން ކަމަށް ބުނެފައިވެއެވެ.

"މިތަންތަނުގައި [ފްލެޓްތަކުގައި] މިއުޅެނީ ސީދާ 100 ޕަސެންޓް މާލޭ މީހުންނެއް ނޫން. އެމީހުންނަށްވެސް ފުލެޓް ދޭން ޖެހޭނެ. ލިބެންވެސް ވާނެ. އެކަމަކު އެމީހަކު ވަޒީފާ އަދާކުރާ ތަނަކުން އެމީހަކަށް ބޯހިޔާވަހިކަން ދޭންޖެހޭނެ ކަމަކަށް ނުދެކެން،" އޭނާ ވިދާޅުވިއެވެ.

މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ބޯހިޔާވަހިކަމުގެ ދަތިކަން ކަމަށާއި އޭނާ މަސައްކަތް ކުރާނީ މޭޔަރު ކަމަށް ހޮވިއްޖެނަމަ އެކަން އިސްލާހު ކުރުމަށް ކަމަށް ބުންޏެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!