ﷲއަށް ހަމްދު ހުރި، މާލެއިން ކޮވިޑް ޖެހުނު ދެ މީހަކު ރަނގަޅު ވެއްޖެ
މާލެއިން ކޮވިޑަށް ފައްސިވި ދެ މީހަކު އެ ބަލިން ރަނގަޅު ވެއްޖެއެވެ.
ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮވިޑް-19އާ ގުޅޭ ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވަނީ އިތުރު 9 މީހުން ބަލިން ރަނގަޅުވި ކަން ހާމަކޮށްފައެވެ.
މި ނުވަ މީހުންނާއެކު ޖުމްލަ ބަލިން ރަނގަޅުވި މީހުންގެ އަދަދު މިހާރު 29 އަށް އަރާފައެވެ.
ރޭ އިއުލާނު ކުރި ނުވަ މީހުންގެ ތެރެއިިން ދެ މީހުންނަކީ މާލެއިން އެންމެ ފުރަތަމަ ފައްސިވި މ. ޖަރީމާގޭގެ އުމުރުން 35 އަހަރުގެ އަންހެން މީހާގެ ދެ އަހަރުގެ ފިރިހެން ދަރިފުޅާއި އެ އަންހެންމީހާއާ ޑައިރެކްޓް ކޮންޓެކްޓް ވެގެން ފައްސިވި 42 އަހަރުގެ އަންހެނެކެވެ
ރާއްޖެއިން މިހާތަނަށް 785 މީހަކު ފައްސި ވެފައިވާއިރު، މީގެތެރޭގައި ހިމެނެނީ 257 ދިވެހިންނާއި 528 ބިދޭސީންނެވެ.
Ads by Allied Insurance