ޚަބަރު

އިތުރު 45 މީހަކު ކޮވިޑަށް ފައްސި ވެއްޖެ

ދެން އެމްވީ

އިތުރު 45 މީހަކު ކޮވިޑަށް ފައްސި ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ބުނީ ފައްސިވި 45 މީހުންގެ ތެރޭގައި ހިމެނެނީ 22 ބަންގްލަދޭޝް މީހުންނާއި 20 ދިވެހިންނާއި ނޭޕާލް ދެ މީހުންނާއި އިންޑިއާ މީހެއް ކަމަށެވެ.

މި 45 މީހުންނާއެކު ރާއްޖެއިން ކޮވިޑަށް ފައްސިވި މީހުންގެ އަދަދު މިހާރު ވަނީ 835 އަށް އަރާފައެވެ. މީގެ ތެރޭގައި ހިމެނެނީ 556 ބިދޭސީންނާއި 279 ދިވެހިންނެވެ.

ރާއްޖެއިން ބައްޔަށް ފައްސިވި މީހުންގެ ތެރެއިން 29 މީހުން ބަލިން ރަނގަޅުވެފައިވާއިރު، ތިން މީހަކު ވަނީ މަރުވެފައެވެ.

މާލެއިން ފައްސިވާ މީހުންގެ އަދަދު އިތުރުވަމުންދާއިރު، ކުރިއަށް މިއޮތް ދެތިން ހަފުތާގެ ތެރޭގައި، މާލޭގައި ކޮވިޑް-19 ގެ ބަލީގެ ޙާލަތު، މިހާރަށް ވުރެ މައްޗަށް ދިޔުން އެކަށީގެންވާ ކަމެއް ކަމަށް ސިއްހީ ތަޖުރިބާކާރުން ބުނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!