ބޮލީވުޑް މުނިފޫހިފިލުވުން

އިންޑިއާގެ އެހެން ފިލްމީތަރިއަކު ވެސް ކިޑްނީ ފެއިލްވެގެން މަރުވެއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އިންޑިއާގެ އެހެން ފިލްމީތަރިއަކު ވެސް ކިޑްނީ ފެއިލްވެގެން މަރުވެއްޖެއެވެ.

އެގޮތުން ރޭ ދަންޒަރު މަރުވެފައިވަނީ އިންޑިއާގެ ޓެލެވިޒަން އިިންޑަސްޓްްރީގެ ގިނަ ސީރީޒް ތަކެއްގައި ހަރަކާތްތެރިވެފައިވާ އަޝީޝް ރޯއީ އެވެ.

ގިނަ ބަޔަކަށް ވަރަށް ކަމުދިޔަ ޑްރާމާ ސީރީޒެއް ކަމަށްވާ "ސަސޫރާލް ސިމަރްކާ" ގައި އަޝީޝް މުހިންމު ރޯލެއް އަދާކޮށްފައިވެއެވެ.

ރިޕޯޓުތަކުން ބުނާ ގޮތުގައި އަޝީޝް މަރުވީ އޭނާ ދިރިއުޅޭ ގޭގައި ރޭ ދަންވަރު 3:45 ހާއިރުގައެވެ. އޭނާގެ މަރުގެ ޚަބަރު އަމިތު ބޭލް އާއި ޓީނާ ގާއި ފަދަ އެކްޓަރުން ވެސް ވަނީ ކަށަވަރު ކޮށްދީފައެވެ.

އަޝީޝް ދިރިއުޅުނު އިމާރާތުގެ ސެކިއުރިޓީ ގާޑު ބުނީ، އަޝީޝްގެ ގޭގައި މަސައްކަތުމީހާ ރޭ ދަންވަރު ދުވަރުގެ ވަގުތެއްގައި ދުވަމުންް އައިސް އެޚަބަރު ދިން ކަމަށާއި، ދެ ފަހަރަކު އުކުނި ކޮއްޓައިގެން އަޝީޝް ވެއްޓުނު ކަމަށް ވެސް ބުނި ކަމަށެވެ.

"ކިޑްނީ ފެއިލްވެގެން ފަރުވާ ހޯދަން ފެށީ މިދިޔަ އަހަރު. ފަހަކަށް އައިސް ހޮސްޕިޓަލުގެ ބިލުތައް ވެސް ނުދެއްކި ހުރިކަމަށް ބުނި. އިއްޔެ އެކަމަކު ހުރީ ތަންކޮޅެެއް ރަނގަޅަށް. އިއްޔެވެސް.އެކަމަކު ޑަޔަލިސިސް ހަދަން ދާން އޮތް" މަސައްކަތުމީހާއާ ހަވާލާދީ ސެކިއުރިޓީ ގާޑު ބުނެފައިވެއެވެ.

ކިޑްނީ ފެއިލްވެގެން އަޝީޝް ރޯއީ ރޭ ދަންވަރު މަރުވެފައިވާއިރު މިމަހުގެ 21 ވަނަ ދުވަހު އިންޑިއާގެ ފިލްމީތަރިއެއް ކަމަށްވާ ލީނާ އާޗާރްޔާ ވެސް ވަނީ ކިޑްނީ ފެއިލްވެގެން މަރުވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!