ސަރުކާރަށް އެއްޗެކޭ ބުނުމަކީ ދީނަށް ހަޖޫ ޖެހުމަށް ވުރެ ބޮޑު ފާފައެއް ކަމަށް ބައެއް މީހުން ދެކޭ : މޮސްޓާ
ސަރުކާރަށް ނުވަތަ ޕާޓީގެ ލީޑަރަށް އެއްޗެކޭ ބުނުމަކީ ދީނަށް ހަޖޫ ޖެހުމަށްވުރެ ބޮޑު ފާފައެއް ކަމަށް ބައެއް މީހުން ދެކޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުޙައްމަދު ނަޝީދު ޢަބުދުﷲ (މޮސްޓާ) ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އިއްޔެ ކުރެއްވި ޓްވީޓެއްގައެވެ.
''ބައެއް މީހުންނަށް ﷲ އާއި އެކަލާނގެ ރަސޫލުންނަށް ފުރައްސާރަކޮށް ޤުރުއާނަށް ހަޖޫ ޖެހުމަށްވުރެ ބޮޑު ފާފައަކަށް ވަނީ އެމީހުންގެ ޕާޓީގެ ލީޑަރު ނުވަތަ އެމީހުންގެ ސަރުކާރަށް އެއްޗެއް ބުނުން ، އަދު ދިވެހި ގައުމުގެ ޙާލަތު '' މޮސްޓާ ލިޔުއްވާފައިވެއެވެ.
Baeh meehun nah Allah aa ekalaan ge rasoolun nah furrassaara koh Quran ah hajoo jehumah vure maa bodu faafa akah vanee emeehun ge party leader o emeehun ge sarukaaru ah ehcheh bunun... Adhu dhivehi gaumuge haalathu ...
— Mohamed Nasheed Abdulla (@MNA_MosTaaA) May 10, 2020
މެމްބަރު މޮސްޓާ އަކީ ރައްޔިތުންގެ މަޖިލީހުގައި އެއްވެސް ޕާޓީއެއް ތަމްސީލް ކުރައްވާ ބޭފުޅެއް ނޫނެވެ. ނަމަވެސް އެމަނިކުފާނު ބޮޑަށް ފާހަގަ ކުރެވިފައިވަނީ ވެރިކަން ކުރާ އެމްޑީޕީއަށާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވާ ބޭފުޅެއްގެ ގޮތުގައެވެ. އެގޮތުން ''މިހާރު މުޙައްމަދު ނަޝީދުގެ އައުވާނުން ކިޔާނެ އެއްޗެއް ނޭނގޭތީ އިދިކޮޅު މީހަކު އެއްޗެއް ބުނާއިރަށް ''ފިތުނަ އުފައްދަން'' ، މިމީހުން ކުރިން ފިތުނަ އުފައްދާ ގައުމު ސުންނާފަތި ކުރީމަ އެންމެން އެހެންވާނެ ކަމަށް ހީކުރީ ، އެމްޑީޕީގެ މަޤްޞަދަކީ ވެސް އިސްލާހުގެ ނަމުގައި ފިތުނައާއިގެން ގައުމު ފުޑާލުން'' ކަމަށް ބުނެ މިއަދު ވެސް ޓްވީޓް ކުރައްވާފައިވެއެވެ.