ޚަބަރު

ދައުރުވަމުން ދަނީ 2016 ގެ ފޮޓޯއެއް: އެމްއެންޑީއެފް

ދެން އެމްވީ ، ދެން އޮންލައިން

ސިފައިންގެ ވެހިކަލެއްގެ މަތީގައި ބިދޭސީއަކު އިށީނދެ އިންދާ ނަގާފައިވާ ފޮޓޯއަކީ 2016 ވަނަ އަހަރުގެ ފޮޓޯއެއް ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

Ads by MWSC

ބިދޭސީއަކު ސިފައިންގެ ވެހިކަލް މަތީގައި އިނދެ ނަގާފައިވާ ފޮޓޯއެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެ ފޮޓޯއާއި ގުޅިގެން ވަރަށް ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ތަފާތު ވާހަކަތައް ދައްކަމުންނެވެ.

އެމްއެންޑީއެފްގެ އިސް ތަރުޖަމާން މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ އެ ފޮޓޯއަކީ 2016 ވަނަ އަހަރު ލ. ފޮނަދޫ އެމްއެންޑީއެފް ސެންޓްރަލް އޭރިއާގައި ނަގާފައިވާ ފޮޓޯއެއް ކަމަށެވެ.

އާޒިމް ވިދާޅުވީ އެމްއެންޑީއެފްގެ ފޯސް ޕްރޮޓެކްޝަންގެ އާ ނިޒާމުގެ ދަށުން މިހާރު މިފަދަ ކަންކަން ވިޔަ ނުދިނުމަށް ހަރުދަނާ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!