ބޮލީވުޑް މުނިފޫހިފިލުވުން

ދީޕިކާ އާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ލިބުން ސިދާންތު ސިފަކުރީ ހުވަފެނެއް ސީދާވުން ގޮތުގައި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ޒޯޔާ އަޚްތަރްގެ "ގަލީ ބޯއީ" އިން ގިނަ ބައެއްގެ މަޤްބޫލުކަމާއި ގިނަ ޑައިރެކްޓަރުންގެ އިތުބާރުވެސް ހޯދާފައިވާ އެކްޓަރ ސިދާންތު ޗަތުރްވެދީ، ދެން އެންމެ އަވަހަށް ފިލްމަކުން ފެންނާނީ ދީޕިކާ ޕަދުކޯން އާއި އަނަންޔާ ޕާންޑޭ އާއެކު ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

Ads by STELCO

ޝަކުން ބާތުރާ ޑައިރެކްޓުކުރާ މިފިލްމާއި ބެހޭ ގޮތުން ވާހަކަ ދައްކަމުން ސިދާންތު ބުނީ މިއީ ވަރަށް "ބޮޑު ޕްރޮޖެކްޓެއް" ކަަމަށާއި ފިލްމު ޕްރޮޑިއުސަރުންގެ އަމާޒަކީ މިފިލްމަށް އިންޑިއަން ސިނަމާގައި ހޫނު ތަރުހީބެއް ލިބުން ކަމަށެވެ.

ދީޕިކާ އާއެކު މަސައްކަތް ކުރަން ލިބުނު ފުރުސަތާމެދު ވާހަކަ ދައްކަމުން ސިދާންތު ބުނީ އެއީ އޭނާއަށް ހުވަފެނެއް ސީދާވުންފަދަ ކަމެއް ކަމަށެވެ.

"އަބަދުވެސް ދެކެމުން ދިޔަ ހުވަފެނެއް ދީޕިކާގެ މަސައްކަތްތައް ގާތުން ބަލާލުން، މިހާރު އެއްކޮށް މަސައްކަތް ކުރެވޭތީ މިއީ ހަމަ ހުވަފެނެެއް ސީދާވުން ފަދަ ކަމެއް. ވަރަށް ހިތްހަމަޖެހޭ ދީޕިކާ މަސައްކަތް ކުރާ ގޮތާ ދޭތެރޭ. އޭނައަކީ އެކެރެކްޓަރެއްގެ ތެރެއަށް ރަނގަޅަށް ވަދެ، އެކެރެކްޓަރަކާ މެދު އެހެން މީހުން ވެސް ޤަބޫލު ކުރާނެ ފަދަ މިންވަރަށް ހުނަރު ދައްކުވައިދޭ އެކްޓަރެއް" ސިދާންތު ބުންޏެވެ.

މިފިލްމުގެ ނަން އަދި ހާމަ ކޮށްފައި ނުވި ނަމަވެސް، ސިދާންތު ބުނީ މިއީ ވަރަށް ތަފާތު ފިލްމަކަށް ވާނެ ކަމަށެވެ.

މިފިލްމުގައި އަނަންޔާ ޕާންޑޭ ވެސް އުޅެއެވެ. މިއީ "ސްޓޫޑަންޓް އޮފް ދަ އިޔަރ 2" އަށްފަހު އޭނަ ހަރަކާތްތެރިވާ ހަތަރުވަނަ ފިލްމެވެ.

ސިދާންތު މިފިލްމުގެ މަސައްކަތައްފަހު ދެން ފެނިގެންދާނީ ކެޓްރީނާ ކެއިފް އާއެކު "ފޯން ބޫތު" އިންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!