އެއްމާބަނޑު ދެމީހުން އިނީ ވެސް އެއްމާބަނޑު ދެމީހުންނާ!

މިއީ ބޭރު ގައުމުގައި ވަރަށް ލޯބިން އުޅޭ ދެ އާއިލާއެކެވެ. އަދި އެހާމެ ތަފާތު ވެސް އާއިލާއެކެވެ.
އެއްމާބަނޑު ދެބެއިން އިނދެގެން އުޅޭ ދެ ފިރިހެނުންނަކީ ވެސް ހަމަ އެއްމާބަނޑު ދެމީހުންނެވެ. ބޭރުގެ މީޑިއާތަކުން ސޯޝަލް މިޑިއާގައި އާންމުކޮށްފައި ވާ ފޮޓޯތައް ބަލާފައި ހަމަ ހައިރާން ވާވަރުވެއެވެ.

އެންމެ ފުރަތަމަ މި ހަތަރު މީހުން ވެސް ދިމާވަނީ "ޓްވިން ގެދާ" ނަމަކަށް ކިޔާ ކުރިއަށް ގެންދެވުނު އެއްވުމަކުންނެވެ. އިއްތިފާގުން ހަތަރު މީހުންނަށް ވެސް ހަތަރު މީހުން ކަމުދިޔައީ އެވެ. އެއަށް ފަހު ހުރިހާ ކަމެއް ވެސް ކުރަމުން އައީ އެކީގައެވެ.

ވަރަށް ލޯބިން އުޅުނު މި ދެޖޯޑު ވެސް ކައިވެންޏަށް އެހީ ވެސް ހަމަ އެކު އެކީއެވެ. ޚާއްސަ ކަމަކީ ލާ އަންނައުނެއް ވެއްޖެޔާ ހުންނަނީ ވެސް ހަމަ އެއްގޮތް ކޮށްފައެވެ. އެންމެ ފަހުން ކައިވެނި ވެސް ކުރީ އެކު އެކީގައެވެ. އެހިސާބުން ވެސް ވަކިން އުޅޭކަށް ވިސްނާފައެއް ނުވެއެވެ، މިހާރު ކައިވެންޏަށް ފަހު ވެސް ހަތަރު މީހުން ވެސް ދިރިއުޅެމުން އަންނަނީ ވަކިން ގެއެއްގައެވެ.

ކައިވެނި ޕާޓީއަށް ބަލާލި ނަމަވެސް ކައިވެނި ޕާޓީ ވެސް ހުރީ ހަމަ "ޓްވިން" ކޮށްލާފައެވެ. ކައިވެންޏަށް އައީ ވެސް ހަމަ އެއްމާބަނޑު މީހުންނެވެ. ތިރީގައި އެވާ ފޮޓޯއިން އެ ފެންނަނީ މި ހަތަރު މީހުންގެ ކައިވެނީގެ ފޮޓޯއެވެ. އަދި ވަށައިގެން އެވަނީ ހުސް އެއްމާބނޑު މީހުންނެވެ.

ކައިވެންޏަށް ފަހު ދަރިއެއް ހޯދަން ބޭނުން ކަމަށާއި، ހޯދަން ބޭނުން ވަނީ ވެސް ހަމަ އެއްމާބަނޑު ދެކުދިން ކަމަށް ހަތަރު މީހުން ވެސް ބުނެފައި ވެއެވެ. އަދި ވިހަން ބޭނުންވަނީ އެއް ދުވަހަކުކަން ވެސް ބުނެފައި ވެއެވެ. އެއްމާބަނޑު ހަތަރު މީހުން އުޅެމުން އަންނަ ގެއެއްގައި ދަރިއެއް ބަލާ ބޮޑު ކުރުމަކީ ކިތަންމެ އުނދަގު ކަމަކަށް ވީނަމަވެސް މި ހަތަރު މީހުން ވެސް ހުރީ އެކަން ކުރަން އެއްވެސް ޖެހިލުމެއް ނެތި ތައްޔާރަށެވެ.
އަދި މިހާރު މި ދެ ޖޯޑު ވެސް ވަނީ ގިނަ ބައެއްގެ ތެރޭގައި މަގުބޫލުކަން ހޯދާ ގިނަ ބައެއްގެ ސަމާލުކަން ވެސް ދަމައިގަނެފައެވެ.