ޚަބަރު

ޑރ. ޝަހީމްގެ މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

މަރު ކޮމިޝަންގެ ތަހުގީގަށް ދޮގު މައުލޫމާތު ދިން ކަމުގެ ތުހުމަތުގައި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ މައްސަލަ ތަހުގީގު ކުރުމަށްޓަކައި ފުލުހުންގެ އިދާރާއަށް ހުށަހަޅައިފިއެވެ.

މަރު ކޮމިޝަނުން ބުނީ އެ މައްސަލަ ފުލުހުންގެ އިދާރާއަށް ފޮނުވީ ޕީޖީ އޮފީހުގެ އެދުމުގެ މަތިން ކަމަށެވެ.

މަރު ކޮމިޝަނުގެ ރިޕޯޓްގައި ވަނީ ޑރ. އަފްރާޝީމް ރުޖޫއަވެ މީޑިއާގައި އިއުލާނުކޮށްފިނަމަ، ޑރ. އަފްރާޝީމް ދެކެ ލޯބިވާނެ"ކަމަށް ބުނެ ޑރ. ޝަހީމަށް މީހަކު ފޮނުވި މެސެޖެއް އޭނާ އަފްރާޝީމަށް ފޯވާޑު ކޮށްފައިވާ ކަމަށެވެ. އަދި ޑރ. ޝަހީމަށް އެ މެސެޖު ފޮނުވީ ކޮން ފަރާތަކުންތޯ ކޮމިޝަނުން އެހުމުން އެ މެސެޖު ފޮނުވީ ކާކުކަން ހަނދުމަފުޅު ނެތްކަމަށް ވިދާޅުވެ އެ މެސެޖު ޑރ. ޝަހީމަށް ފޮނުވި ފަރާތެއް އޭނާ ކޮމިޝަނަށް ސާފުކޮށްދީފައި ނުވާކަމަށެވެ.

އެ މައްސަލާގައި ޑރ. ޝަހީމް އެ ކޮމިޝަނަށް ދީފައިވާ މައުލޫމާތުތަކަށް ބަލާއިރު، އެ މެސެޖް ފޮނުވީ ކާކުކަން ހަނދުމަފުޅު ނެތް ކަމަށް ވިދާޅުވެ، އޭނާ ހެއްދެވީ އިތުރުފުޅެއްކަން އެނގޭ ކަމަށް ވެސް އެ ރިޕޯޓްގައިވެއެވެ.

ނަމަވެސް ޑރ. އަފްރާޝީމް އަވަހާރަކޮށްލުމުގައި ޑރ. ޝަހީމްގެ އެއްވެސް ދައުރެއް ނެތްކަން އެ ރިޕޯޓުން ހާމަވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!