ޚަބަރު

ކައްޕި ގެއްލުނު ސަރަހައްދުން ލޭ ހޭކިފައި ހުރި ތުވާލިކޮޅެއް ފެނިއްޖެ

ދެން އެމްވީ ، ދެން އޮންލައިން

ފަރަށް އެރި ދޯންޏަކުން ގެއްލުނު ކައްޕި ހޯދުމުގެ މަސައްކަތް ކުރަމުން ދިޔަ ޑައިވަރުންނަށް އެ ސަރަހައްދުގެ ކަނޑުގެ އަޑިން ވަޅިއަކާއި ލޭ ހުރި ތުވާލި ކޮޅަކާއި އިތުރު އެއްޗިހިތަކެއް ފެނިއްޖެއެވެ.

Ads by MWSC

ކ. ކަގި ކައިރިން މި މަހުގެ ހަ ވަނަ ދުވަހު ފަރަށް އެރި "ޓީޓީއެސް ފާން" ކިޔާ މުދާ އުފުލާ ދޯނިން ގެއްލިގެން ހޯދަމުން ދަނީ ހދ. ކުޅުދުއްފުށި، ހަވީރީ ނާޒް، މުހައްމަދު ޔޫސުފް އެވެ.

އޭނާ ގެއްލުނު މައްސަލާގައި ޝައްކު ކުރެވޭ ކަންތައްތަކެއް ހުރުމުން ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

އެމްއެންޑީއެފް އިން ބުނީ މިއަދު ފީނަމުން ދިޔަ ޑައިވަރުންނަށް އެ ސަރަހައްދުގެ 48 މީޓަރު އަޑިން ތުވާއްޔެއްގެ ބައެއް ފެނިފައިވާ ކަމަށެވެ.

އޭގައި ލޭ ކަހަލަ އެއްޗެއް ހޭކިފައި ހުރި ކަމަށާއި އެ ތަކެތި ފުލުހުންނާ ހަވާލު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ. އަދި އެކަމުގެ ފުރިހަމަ މައުލޫމާތު އެނގޭނީ ތަހުލީލުތަކަށް ފަހު ކަމަށް އެމްއެންޑީއެފް އިން މައުލޫމާތުދެ އެވެ.

ތުވާލީގެ އިތުރުން ޑަސްޓްބިން ކޮތަޅެއްގެ ތެރޭގައި އޮތް ވަޅިއަކާއި އިލެކްޓްރޯނިކް ސާމާނުތަކެއް ވެސް ވަނީ 41 މީޓަރު އަޑިން ފެނިފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!