ލައިފްސްޓައިލް

ހަނދާއި ޖުޕިޓަރ، ވަރަށް ގާތުން މާދަމާ ރޭ ފެންނާނެ

ދެން އެމްވީ ، ދެން އޮންލައިން

އިރަވީ ނިޒާމުގެ އެންމެ ބޮޑު ގުރަހަ، ޖުޕިޓާ، ހަނދާއި ވަރަށް ގާތުން މޭ 12 ވަނަ ދުވަހުގެ ރޭ ހަމަ ލޮލަށް ފެންނާނެ ކަމަށް ފަލަކީ އިލްމުވެރިން ބުނެފިއެވެ.

Ads by STELCO

އެގޮތުން ހަނދާއި ޖުޕިޓާ ކައިރިވިނަމަވެސް އެހާ ކައިރި ނުވުމުގެ ސަބަބުން ވަރަށް ސާފުކޮށް ޓެލެސްކޯޕުން ފެންނާނެއެވެ. ނަމަވެސް މާދަމާރޭ އެންމެ ހާއްސަ ކަމަކީ ހަމަ ލޮލަށް ވެސް ޖުޕިޓަރ އާއި ހަނދު ކައިރި ވާތަން ފެނިގެން ދިއުން ކަމަށް މާހިރުން ބުނެއެވެ.

މި މަހަކީ ސުޕަރ މޫންގެ ސަބަބުން ވަރަށް ސާފުކޮށް އަދި އަލިގަދަކޮށް ހަނދު ފެންނަ މަހެއް ކަން ވެސް ފާހަގަކޮށްލަން ޖެހެއެވެ. ސުޕަރ މޫން ފެނިފައިވަނީ މި މަހުގެ 7 ވަނަ ދުވަހު ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ހަނދު ވަރަށް އަލިގަދަ ވާނެ ކަމަށް ބެލެވެއެވެ.

ޖުޕިޓާއަކީ އިރަވީ ނިޒާމުގައި އިރުން ފެށިގެން ފަސް ވަނައަށް އޮންނަ ގުރަހަ އެވެ. ޖުޕިޓާ އޮންނަނީ ދުނިޔެއާ ޖެހިގެން އެއް ގުރަހަ ދޫކޮށެވެ. އަދި ޖުޕިޓާއަކީ އިރަވީ ނިޒާމުގެ ބޭރަށް އޮންނަ ހަތަރު މާ ގުރަހައެކޭ އެއް ގޮތަށް ގޭހުގެ މައްޗަށް ބިނާވެފައިވާ ހަރު ބިމެއް ނޯންނަ ގުރަހަ އެކެވެ. އޭގެ ވަށައި 67 ހަނދު ބުރު ޖަހަ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!