Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ދުނިޔެ

ބިރުވެރިކަން އިންތިހާއަށް: އިންޑިޔާއިން އެންމެ ގިނަ މީހުން ކޮވިޑް19 އަށް ފައްސިވީ އިއްޔެ

މިހާތަނަށް ކޮވިޑް19 އަށް އެއް ދުވަހެއްގެ ތެރޭގައި އެންމެ ގިނަ މީހުން އިންޑިޔާއިން ފައްސި (ޕޮޒިޓިވް) ވެފައިވަނީ އިއްޔެކަން ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ކޮރޯނާ ވައިރަހުގެ ތަފާސް ހިސާބު ގެނެސްދޭ ވެބްސައިޓެއް ކަަމަށްވާ ވޯލްޑޯ މީޓަރގެ ތަފާސް ހިސާބުތައް ދައްކާގޮތުގައި އިއްޔެ އެކަނިވެސް އިންޑިޔާއިން ހަތަރު ހާހަށްވުރެ ގިނަ މީހުންވަނީ މިބައްޔަށް ފައްސިވެފައެވެ. އަދި 100އަށްވުރެ ގިނަ މީހުން ވަނީ މިބަލީގައި މަރުވެފައެވެ.

އިންޑިޔާއިން މިހާތަށް ޖުމްލަ 70,768 މީހަކަށް ކޮވިޑް ޖެހިފައިވާއިރު، 2,294 މީހުން ވަނީ މިބަލީގައި މަރުވެފައެވެ. އަދި 22,549 މީހުންނަށް ވަނީ ބަލިން ޝިފާ ލިބިފައެވެ.

Advertisement
Ooredoo — Truecaller (box)

ދުނިޔޭގެ ތަފާސް ހިސާބަށް ބަލާއިރު، މިހާތަނަށް 4,241,977 މިބައްޔަށް ފައްސިވެފައިވާއިރު. ބަލީގައި 286,492 މީހުންވަނީ ދުނިޔެ ދޫކޮށްފައެވެ. އަދި 1,521,266 މީހުންނަށްވަނީ ބަލިން ޝިފާ ލިބިފައެވެ. މިހާތަނަށް އެންމެ ގިނަ މީހުން ކޮވިޑަށް ފައްސިވެފައިވަނީ އެމެރިކާއިންނެވެ. މިގޮތުން އެމެރިކާއިން މިހާތަނަށް 1,381,065 މީހަކު މިބައްޔަށްވަނީ ފައްސިވެފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް