ޚަބަރު

މިހާތަނަށް މާލޭގައި 11 ޕާކިން ޒޯން ހަދައިފި

ދެން އެމްވީ ، ދެން އޮންލައިން

މާލެ ސިޓީގައި މިހާތަނަށް 11 ޕާކިން ޒޯން ހަދައި އެތަންތަނުގައި ވެހިކަލްތައް ޕާކް ކުރަމުންދާ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.

Ads by Sosun Fihaara

މާލޭ ސިޓީ ކައުންސިލުން މިއަދު ކުރި ޓްވީޓެއްގައި ބުނީ މިދިޔަ އަހަރުން ފެށިގެން މިއަދުގެ ނިޔަލަށް 11 ސަރަހައްދެއްގައި ޕާކު ކުރެވޭނެ ތަންތަން ހަދާފައިވާ ކަމަށެވެ. އެ ތަންތަނަކީ އެއް ފަހަރާ 80 ނުވަތަ 400 ވެހިކަލްއަށް ޕާކް ކުރެވޭނެ ފަދަ ތަންތަން ކަމަށް ވެސް ސިޓީ ކައުންސިލުން ބުންޏެވެ.

މީގެއިތުރުން ކުރިއަށް އޮތްތަނުގައި ވެސް އިތުރު ޕާކިން ޒޯންތައް މާލޭގައި ގާއިމް ކުރާނެ ކަމަށެވެ.

މާލޭގައި ޕާކްކުރާނެ އެކަށީގެންވާ ޖާގަ އަދިވެސް ނެތެވެ. ނަމަވެސް ފުލުހުން ވެހިކަލްތަކުގައި ސްޓިކާ ޖެހުމުގެ މަސައްކަތް ހުއްޓުމެއް ނެތި ދަނީ ކުރިއަށެވެ. ބައެއް ފަރާތްތަކުން ބުނަނީ ފުލުހުން އެހާ ގިނައިން ސްޓިކާ ޖަހަނީ ސަރުކާރުގެ ބަޖެޓުގައި އެކަށީގެންވާ ވަރަށް ފައިސާ ނެތުމުން އެ ފައިސާ ހޯދުމުގެ ބޭނުމުގައި ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!