Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ވެލިދޫ ކަރަންޓީނު ފެސިލިޓީގައި އެކަހެރިވި މައްސަލައެއް ބަލަމުންނެއް ނުދަން: ފުލުހުން

އއ. ވެލިދޫ ކަރަންޓީނު ފެސިލިޓީގައި ޖިނާއީ އަދި ޖިންސީ ފުރައްސާރައިގެ މައްސަލައެއް ހިންގައިގެން ފުލުހުންނަށް ހުށަހަޅާފައި ނުވާ ކަމަށާއި އެފަދަ މައްސަލައެއް ބަލަމުން ނުދާ ކަމަށް ފުލުހުން ބުނެފިއެވެ.

ރޭ ވަނީ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފަވާ ގޮތުގައި ވެލިދޫ ފެސިލިޓީއާ ހަވާލުވެ ހުންނެވި ސިފައިންގެ އެންމެ އިސް ކޮމާންޑަރާއި، އެ ފެސިލިޓީގެ އަންހެން ޑޮކްޓަރަކު ދަންވަރު އެކަހެރިކޮށް ބައްދަލުކުރި މައްސަލައެއް ފެންމަތިވެ، ފުލުހުން އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

ރިޕޯޓުކޮށްފައިވާ ގޮތުގައި އެ މައްސަލަ ފެންމަތިވީ، ކޮމާންޑަރުގެ ކޮޓަރިން، އަންހެން ޑޮކްޓަރު ނުކުންނަނިކޮށް، އެ ފެސިލިޓީގެ ސެކިއުރިޓީއަށް ފެނިގެން ކަމަށެވެ. އަދި މިހާރު ފުލުހުން އެ މައްސަލަ ބަލަން ފަށާފައިވާ ކަމަށެވެ.

Advertisement
Ooredoo — Square (box)

ނަމަވެސް ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު ވިދާޅުވީ އއ. ވެލިދޫ ކަރަންޓީން ފެސިލިޓީގައި ޖިނާއީ ކުށެއް، އަދި ޖިންްސީ ފުރައްސާރައިގެ މައްސަލައެއް ހިނގައިގެން ފުލުހުންނަށް ހުށަހެޅިފައެއް ނުވާ ކަމަށާއި އަދި ފުލުހުން އެފަދަ ކަމެއް ތަހުގީގު ކުރަމުން ނުދޭ ކަމަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް