Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

މިނިސްޓަރު ޒަހާ މަސްޢޫލިއްޔަތު އަދާ ނުކުރައްވާ ކަމަށް ނިންމައިފި

ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު މަގާމުގެ ޒިންމާ އަދާނުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަވައިދު ކޮމިޓީން ނިންމައިފިއެވެ.

ގަވައިދު ކޮމިޓީއިން އެގޮތަށް ނިންމާފައި ވަނީ ދިވެހި ރާއްޖޭގެ މަސްވެރިކަމާ ބެހޭ ގާނޫނުގައި 90 ދުވަހުގެ ތެރޭގައި ނިންމުމަށް ބަޔާންކޮށްފައިވާ ގިނަ ގަވައިދުތަކެއް ފިޝަރީޒް މިނިސްޓްރީ އިން ނިންމާފައި ނުވާ މައްސަލަ ބެލުމަށް ފަހު އެވެ.

އަދި ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނުން ފިޝަރީޒް މިނިސްޓަރަށް މަތިކޮށްފައިވާ މަސްއޫލިއްޔަތު އަދާކުރުމަށް ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތުގައި އަދާނުކުރުމުގެ ސަބަބުން އަދި އެ މުއްދަތު ފަހަނައަޅާ ދިޔަ ފަހުން މިއަދާހަމައަށް ވެސް އެ މަސްއޫލިއްޔަތު އަދާކޮށްފައި ނުވާ ކަމުން އެ މިނިސްޓްރީއިން އެ ގާނޫނާ ހިލާފުވެފައިވާ ކަމަށް ކޮމިޓީއިން ގަބޫލުކުރާ ކަމަށް ގަވައިދު ކޮމިޓީގެ ނިންމުމުގައި ވެއެވެ،

Advertisement
Allied — Dhen Online (box)

ގާނޫނެއްގައި ވަކިގޮތަކަށް އަމަލުކުރަން ވާނެކަމަށް ކަނޑައެޅި ބަޔާންކޮށްފައިވާ ނަމަ އެއީ އެ ގާނޫނުން އުފައްދައި ބަރީއަވުމެއް ނެތް ވާޖިބެއް ނުވަތަ އިލްތިޒާމެއް ކަމަށް ބަލަން ވާނެ ކަމަށް މާނަކުރުމުގެ ހަމަތައް ބަޔާންކުރާ ގާނޫނުގައި ބުނެފައިވާ ކަމަށް ރިޕޯޓުގައިވެ އެވެ.

އަދި އެގޮތަށް ނިންމާފައިވަނީ އެ ކޮމިޓީގެ ހުރިހާ މެމްބަރުންގެ އިއްތިފާގުންކަން ވެސް ފާހަގަކޮށްފައި ވެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް