ޚަބަރު

ރަށަށް ދާން ބޭނުން ވެގެން އެދިފައިވާ މީހުންގެ ތެރޭގައި މާލޭގައި ދިރިއުޅޭ ގިނަ ފަރާތްތަކެއް!

ދެން އެމްވީ ، ދެން އޮންލައިން

މާލެއިން ރަށަށް ދާން ބޭނުންވާ މީހުންގެ ލިސްޓުގައި މާލޭގައި ދިރިއުޅޭ ގިނަ ފަރާތްތަކެއްވެސް ހިމެނޭ ކަމަށް ލޯކަލް ގަވަރްމެންޓު އޮތޯރިޓީ(އެލްޖީއޭ) އިން ބުނެފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެލްޖީއޭގެ ޑިރެކްޓަރ ޖެނަރަލް އާދަމް ޝަރީފު ވިދާޅުވީ މާލެއިން ރަށަށް ދާން 3258 ފަރާތެއް އެދިފައިވާ ކަމަށާއި އޭގެ ތެރޭގައި މާލޭގައި ދިރިއުޅޭ ގިނަ ފަރާތްތަކެއް ހިމެނޭ ކަމަށެވެ.

ޝަރީފް ވިދާޅުވީ އެ މީހުންގެ ތެރޭގައި ވަޒީފާ ގެއްލިގެން ނުވަތަ އާމްދަނީ ދަށްވެގެން ދިރިއުޅޭ ތަނުން ނިކުންނަން ޖެހިފައިވާ އަދި އެހެނިހެން ޒަރޫރީ ކަންކަމާއި ހެދި މާލޭގައި އުޅުމަށް ދަތިވެފައިވާ ފަރާތްތައް ހިމެނޭނެ ކަމަށެވެ. މިގޮތަށް 3258 ފަރާތެއް ހިމެނޭ އިރު މިހުރިހާ ފަރާތްތަކަށް ގުޅައި އަދި ޔަޤީން ނުކުރެއްވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މި 3258 މީހުންގެ އިތުރުން 1444 ފަރާތެއް ސިއްޙީ ބޭނުމަށް މާލެ އައިސް ފުރަބަންދާއިހެދި ރަށަށް ނުދެވި މާލޭގައި ތާށިވެފައި އެބަ ތިބިކަމަށް ޝަރީފް ވިދާޅުވެފައެވެ. އަދި އޭގެ އިތުރުން ރިސޯޓު ކަރަންޓީނުން ދޫކޮށްލުމުން ރަށަށް ދާންވެގެން މާލެ އެރިތަނުން ފުރަބަންދު ކުރުމުން ރަށަށް ނުދެވިވާ 363 ފަރާތެއް އެބަ ތިބިކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސަރުކާރުން މިހާރު ވަނީ މާލޭގައި ތާށިވެގެން ރަށަށް ނުދެވިފައި ތިބބި މީހުން 14 ދުވަހު ކަރަންޓީން ފެސިލިޓީއެއްގައި ބެހެއްޓުމަށްފަހު ރަށް ފޮނުވުމަށް ނިންމާފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!