ޚަބަރު

ދިއްދޫ ހައުސިން ޔުނިޓުތަކަށް ހުށަހެޅި ފޯމްތައް އަލުން އިވެލުއޭޓް ކުރަނީ

ދެން އެމްވީ ، ދެން އޮންލައިން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ހއ. ދިއްދޫގައި ގާއިމް ކުރި ހައުސިން ޔުނިޓްތަކަށް ހުށަހަޅާފައިވާ ފޯމްތައް އަލުން އިވެލުއޭޓް ކުރަން ސަރުކާރުން ނިންމައިފިއެވެ.

Ads by MWSC

ހައުސިން މިނިސްޓްރީން ބުނީ އެ ފޯމްތައް އިވެލުއޭޓް ކުރުމުގެ މަސައްކަތް ކުރަމުންދަނީ ދިއްދޫ ކައުންސިލުން އެކުލަވާލާފައިވާ ހާއްސަ ކޮމެޓީ އަކުން ކަމަށެވެ. އަދި އެކަމުގައި ބޭނުންވާ ފަންނި އެހީތެރިކަން އެ މިނިސްޓްރީން ފޯރުކޮށްދެމުންދާ ކަމަށް ވެސް ހައުސިން މިނިސްޓްރީން މައުލޫމާތު ދިނެވެ.

ދިއްދޫ އިން ފްލެޓް ދޫކުރީ އުސޫލާ ޚިލާފަށް ބުނެ އެރަށު ރައްޔިތުންނާއި ކައުންސިލްގެ ފަރާތުން މިނިސްޓްރީއަށް ޝަކުވާ ހުށަހަޅާފައިވާ ކަމަށެވެ. އެހެންކަމުން އެކަންކަމަށް ބެލުމަށްފަހު އަލުން ފޯމްތައް އިވެލުއޭޓްކުރަން ނިންމީ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ދިއްދޫގައި ޖުމްލަ 250 ހައުސިން ޔުނިޓް ވަނީ އިމާރާތް ކޮށްފައެވެ.

އެ ހައުސިން ޔުނިޓްގެ ތެރެއިން އޭ ގެޓަގަރީގެ 125 ހައުސިން ޔުނިޓާއި ބީ ކެޓަގަރީގެ 15 ފްލެޓަށް އެދުމުގެ ފުރުސަތު ފުރަތަމަ ހުޅުވާލީ 2015 ވަނަ އަހަރުއެވެ.

އެ ފުރުސަތުގެ ދަށުން 440 މީހުން ފޯމު ހުށަހެޅިއިރު، ހައުސިން ޔުނިޓު ލިބުނީ 140 މީހުންނަށެވެ. އޭގެތެރެއިން 135 މީހުންނާ 2018 ވަނަ އަހަރުގެ ތެރޭގައި ވަނީ ހައުސިން ޔުނިޓްތައް ހަވާލުކޮށްފައެވެ.

ދެންހުރި 110 ހައުސިން ޔުނިޓަށް ކުރިމަތިލުމުގެ ފުރުސަތު 2018 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ހުޅުވާލިއެވެ. އެ ހައުސިން ޔުނިޓްތައް ދިނުމަށް ކަނޑައަޅާފައިވާ މީހުންގެ ލިސްޓު އިއުލާން ކުރުމުން އެރަށު އެމްޑީޕީ ބަޔަކު ވަނީ ޝަކުވާ ހުށަހަޅާފައެވެ. އެއާއެކު ހައުސިން ޔުނިޓްތައް ދިނުން ވަނީ މަޑުޖައްސާލާފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!