ޚަބަރު

ޑެލިވަރީ އޯޑަރުތައް މަދު ކުރަން އެޗްޕީއޭއިން އަންގައިފި

ދެން އެމްވީ ، ދެން އޮންލައިން

ޑެލިވަރީ އޯޑަރުތައް މަދު ކުރަން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެދިއްޖެއެވެ.

އެޗްޕީއޭ އިން ވިދާޅުވީ، ރާއްޖޭގައި ކުރިއަށް އޮތް ދެ ހަފުތާގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު ގިނަ ވާނޭ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ. އެހެންކަމުން މިބަލި ޖެހޭ މީހުންގެ މިންވަރު ވީހާވެސް ދަށް ކުރުމަށް ސަމާލުވުމަށް އެޗްޕީއޭ އިން ވަނީ އެދިފައެވެ.

އެގޮތުން ‏ޕާރމިޓް އޮތް ނަމަވެސް، ޒަރޫރީ ބޭނުމަށް ތަކެތި ހޯދުމަށް ހަފުތާއަކު އެއް ދުވަހު ގޭބިސީއަކުން އެކަކު ގެއިން ބޭރަށް ނިކުތުމަށް އެޗްޕީއޭ އިން ވަނީ ނަސޭހަތްތެރިވެފައެވެ. އަދި ޑެލިވަރީއަށް އޯޑަރު ކުރުންވެސް މަދު ކުރަން ވަނީ ނަސޭހަތްތެރިވެފައެވެ.

‏ޕާރމިޓް އޮތް ނަމަ މިހާރު ތިން ދުވަހުން އެއް ދުވަހު ކޮންމެ ގެއަކުން އެކަކަށް ބޭރަށް ދެވޭނެއެވެ. އަދި ޑެލިވަރީ ހިދުމަތް 24 ގަޑިއިރަށް ވަނީ ބަދަލުކޮށްފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!