ޚަބަރު

އުމުރުން ދުވަސްވީ މީހުންގެ ސާމްޕަލް ނަގަން ފަށައިފި

އުމުރުން ދުވަސްވީ މީހުންގެ ސާމްޕަލް ނަގައި ކޮވިޑަށް ޓެސްޓު ކުރަން ފަށައިފިއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ.އިބްރާހިމް އަފްޒަލް ވިދާޅުވީ އުމުރުން ދުވަސްވީ މީހުންގެ އެކްޓިވް ސަވައިލެންސްގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށާއި މިކަމަށް އާއްމުންގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ.

އަދި މިކަން ކުރަން ބޭނުންވާ މައިގަނޑު ސަބަބަކީ ހައި ރިސްކު ގްރޫޕްގެ ތެރޭގައި ބަލި ހުރި މިންވަރު ބެލުން ކަމަށްވެސް އަފްޒަލް ވިދާޅުވިއެވެ.

އުމުރުން ދުވަސްވީ މީހުންގެ ސާމްޕަލްތައް ނަގަން ފަށާފައިވާއިރު، އުމުރުން 65 އަހަރަށް ވުރެ މަތީގެ މީހުން ރަޖިސްޓްރީ ވާން ޖެންޑާ މިނިސްޓްރީން މިދިޔަ މާޗު މަހުގެ ތެރޭގައި ވަނީ އަންގާފައެވެ.

ރާއްޖެއިން މިހާތަނަށް 904 މީހަކު ކޮވިޑަށް ފައްސި ވެފައިވާއިރު، މީގެތެރޭގައި ހިމެނެނީ 304 ދިވެއްސަކާއި، 600 ބިދޭސީންނެވެ.

ރާއްޖެއިން ބައްޔަށް ފައްސިވި މީހުންގެ ތެރެއިން 32 މީހުން ބަލިން ރަނގަޅުވެފައިވާއިރު، ތިން މީހަކު ވަނީ މަރުވެފައެވެ. އޭގެތެރޭގައި ހިމެނެނީ ދެ ދިވެއްސަކާއި ބިދޭސީ އެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!