އިންޑިޔާއިން ބޭނުންވަނީ ދިވެހިންނަށް ކާންދިނީމޭ ބުނަން: މުސްތަފާ
އިންޑިޔާއިން ބޭނުންވަނީ ދުނިޔޭގެ ކުރިމަތީގައި ދިވެހިންނަށް ކާންދިނީ އިންޑިޔާއިން ބުނަން ކަމަށް ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.
މުސްތަފާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ،ދިވެހިންކަނީ ކާޑުގެ ބާވަތްތައް ގަނެގެން ކަމަށާއި އިންޑިޔާއިން ދޭ ކާޑު ދިވެހިން ބޭނުން ނުވާ ކަމަށެވެ، އަދި ރާއްޖެއަކީ މަލިކު ނޫން ކަމަށާއި ދިވެހިންނަށް ކާންދެނީ އިންޑިޔާއިންކަން ދައްކަން ނޫޅުއްވުމަށް މުސްތަފާވަނީ ޓްވިޓަރ މެދުވެރިކޮށް ގޮވާލައްވާފައެވެ.
Bala Mi gaumakee MALIK Eh noon India in dhey Kaadu Dhivehin hiley beynunmeh noon Dhivehin kanee Kaadu ge baavaiy thah ganegen, India Dhuniyeyge ge kurimathee Dhivehin nah ves kaan dhenee thimanmenney bunan thi manzar dhahkan ulheyne kameh neiy.
— Mohamed Musthafa (@Thimarafushi) May 12, 2020
އިންޑިޔާގެ އެހީތަކަށް ސަރުކާރުން ސަނާ ކިޔަމުންދާ ކަމަށް ސިފަކުރައްވާ މުސްތަފާ ދަނީ ތަފާތު އެކު ޓްވީޓް ކުރައްވަމުންނެވެ. މިގޮތުން އިންޑިޔާ ސަރުކާރުން ދިން 150 މިލިޔަން ޑޮލަރުގެ މަނީ ސްވެޕް އެގްރީމެންޓްއަކީ 6 އިންސައްތައިގެ އިންޓްރެސްޓްއަކާއެކު ދީފައިވާ ލޯނެއް ކަމަށާއި ޗައިނާއިން މިފަދަ ލޯން 2 އިންސައްތައިގެ އިންޓްރެސްޓްއަކާއެކު ދޭ ކަމަށްވެސް މުސްތަފާވަނީ ވިދާޅުވެފައެވެ.
India in sarkaarah 150 million dollar dhinee 6% intrest ah mi ves china in aharaku 2% ah dhookuraa Eh cheh. 3 guns ithuru kohfa Loan Eh libigen India varuge ba Eh nethi gen vaahaka mi dhahkanee.. gaumah libey huri haa ehcheh India ah dheefa Rahyithun nah salaamaiy nuveveyne.
— Mohamed Musthafa (@Thimarafushi) May 12, 2020
މުސްތަފާ މިމޭރުމުން ޓްވީޓްކުރައްވާފައިވާއިރު،އިންޑިއާއިން ރާއްޖެއަށް 580 ޓަނުގެ ކާބޯތަކެތިވަނީ ހަދިޔާކޮށްފައެވެ.