މުނިފޫހިފިލުވުން

އުފަން ދުވަހުގެ އެތައް ހާސް ތަހުނިޔާ އާއެކު ސަނީ ލިއޯން އުފަލުން ފޮޅިފައި

ބޮލީވުޑް ގެ މަޝްހޫރު ފިލްމީ ތަރި ސަނީ ލިއޯން މިއަދު އޭނާގެ 39 ވަނަ އުފަން ދުވަސް ފާހަގަކުރަމުން އަންނައިރު، އޭނާގެ ފޭނުން ވަނީ އެތައް ހާސް އުފަން ދުވަހުގެ އެތައް ހާސް ތަހުނިޔާ މެސެޖެއް ފޮނުވާފައެވެ.

އެއާއެކު ސަނީ ވަނީ އިންސްޓަގްރާމް އަށް ދޫކޮށްލި ވީޑިއޯ އެއްގައި އޭނާގެ އިހުސާސްތައް ހާމަކޮށްފައެވެ. މި ވީޑިއޯ މެދުވެރިކޮށް ސަނީ ވަނީ އޭނާގެ ފޭނުން އޭނާ އާ މެދު ބަހައްޓާ ގާތް ކަމަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ. އަދި އޭނާ ފޭނުންނަކީ އޭނާގެ ދިރިއުޅުމުގެ އެއް ހިއްސާކަމަށާއި އެކަމާއި މެދު ވަރަށް އުފާވާ ކަމަށް ވެސް ސަނީ ބުނެފައިވެއެވެ.

ހިނިތުންވެލައިގެން ހުރެ ދޫކޮށްލި މެސެޖުގައި އޭނާ ވަނީ ހުރިހާ ފޭނުން ދެކެ ވަރަށް ލޯބިވާ ކަން ވެސް ހާމަކޮށްފައެވެ.

ދާދި ފަހުން ސަނީ އާއި އޭނާގެ ފިރިމިހާ ގެ އިތުރުން ތިން ކުދިން ވަނީ ލޮސް އެންޖެލެސް އަށް ބަދަލުވެފައެވެ. އެގޮތުން އެތަނަކީ ތިން ކުދިންނަށް މާ ރައްކާތެރި މާހައުލަކަށް ވާނެ ކަމަށް ސަނީ އާއި ފިރިމީހާ ޑެނިއެލް ގަބޫލުކުރެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!