ޚަބަރު

މަރުގެ ތިން މައްސަލަ ވަރަށް އަވަހަށް އަލުން ޕީޖީ އަށް ފޮނުވާނަން: ކޮމިޝަން

ދެން އެމްވީ ، ދެން އޮންލައިން

އަނިޔާވެރިކޮށް އަވަހާރަކޮށްލި ޑރ. އަފްރާޝީމް އަލީ އާއި ވަގަށް ނަގައި މަރާލި ނޫސްވެރިޔާ އަހްމަދު ރިލްވާނާއި ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލަ ވަރަށް އަވަހަށް އަލުން ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވާނެ ކަމަށް މަރު ކޮމިޝަނުން މިއަދު ބުނެފި އެވެ.

މި ތިން މަރާ ގުޅިގެން ކޮމިޝަނުން ދައުވާކުރަން އެދުނީ މުހައްމަދު މަޒީދާއި ސާމިތު މުހައްމަދުގެ މައްޗަށެވެ. ހަރުކަށި ފިކުރުގެ ޖަމާއަތް ހިންގައި ހަރަކާތްތައް ފުޅާކޮށް ހިންގާ ކަމަށް ތުހުމަތުކުރާ އެ ދެ މީހުންނަކީ ތިން މަރުގެ ވެސް މޭސްތިރިން ކަމަށް މަރު ކޮމިޝަންގެ ރިޕޯޓުގައި ވަނީ ތުހުމަތުކޮށްފަ އެވެ.

ކޮމިޝަންގެ މެމްބަރު އަދި ގާނޫނީ ވަކީލް ފަރީޝާ އަބްދުﷲ "މިހާރު" ނޫހަށް މައުލޫމާތު ދެމުން ވިދާޅުވީ ޕީޖީން އެދުނު ކަންކަން ފުރިހަމަ ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އެކަން ނިމުމާ އެކު އަލުން ޕީޖީ އަށް ފޮނުވާނެ ކަމަށް ވިދާޅުވި އެވެ.

މަރު ކޮމިޝަނުން ދައުވާކޮށްދޭން އެދުނު މައްސަލަތަކުގެ ތަހުގީގު އިތުރަށް ފުރިހަމަކުރަން ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން ވަނީ އަނބުރާ ފޮނުވާލައިފަ އެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!