ޚަބަރު

ޝަޙުޞު އޮޅުވާލައިގެން ރާއްޖެ އެތެރެވާން އުޅުނު 3 ބިދޭސީއަކު ހުއްޓުވައިފި

ދެން އެމްވީ ، ދެން އޮންލައިން

ޝަޙުޞު އޮޅުވަލައިގެން ރާއްޖެ އެތެރެވާން އުޅުނު ތިން ބިދޭސީއަކު ހުއްޓުވައިފިއެވެ.

Ads by Sosun Fihaara

އިމިގްރޭޝަނުން މިއަދު ބުނީ ވައްތަރު މީހެއްގެ ޕާސްޕޯޓު ބޭނުންކޮށް، ޝަޙުޞު އޮޅުވާލައިގެން ރާއްޖެ އެތެރެވުމަށް މަސައްކަތް ކުރި ބިދޭސީ ދެ އަންހެނަކާއި ފިރިހެނަކު ހުއްޓުވާފައިވާ ކަމަށެވެ.

ޝަޙުޞު އޮޅުވާލައިގެންނާއި ޕާސްޕޯޓު ނަކަލުކޮށްގެން ރާއްޖެ އެތެރެވާން މަސައްކަތްކުރާ ގިނަ އަދަދެއްގެ ބިދޭސިން މި ފަހަކަށް އައިސް އިމިގްރޭޝަނުން ދަނީ ހުއްޓުވަމުންނެވެ.

ރާއްޖޭގައި ގަވައިދާ ހިލާފަށް ގިނަ އަދަދެއްގެ ބިދޭސިން އުޅެމުންދާއިރު ވިސާ އާއި ހިލާފުވި ބިދޭސިންތަކެއްވެސް މިފަހުން ވަނީ ޑީޕޯޓުކޮށްފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!