Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ޕެންޝަން ފަންޑުގައި ހުރި ފައިސާ ނެގުމާ ނަޝީދު ދެކޮޅު!

ޕެންޝަން ފަންޑުގައި އަތްލައިފިނަމަ ގައުމުގެ މާޒީ އެކީގައި ދިޔައީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު މަޖިލީހަށް ހުށަހެއްވި ޕެންޝަން ފަންޑުގައި ހުރި ފައިސާ ނެގޭގޮތް ހެދުމުމުގެ ބިލު ވަނީ ބޭރުކޮށްލާފައެވެ. މަޖިލިސް ގަވައިދުގައި ބުނެފައި ވަނީ ފައިސާއާ ބެހޭ ބިލު ހުށަހެޅޭނީ ވެރިކަންކުރާ ޕާޓީއަށް ނިސްބަތްވާ މެމްބަރުންނަށް ކަމަށެވެ.

މިކަމާ ގުޅިގެން ނަޝީދު ވިދާޅުވީ ޕެންޝަން ފަންޑުގައި އަތްލަން ނުޖެހޭނެ ކަމަށާއި ދައުލަތުގައި ހަރަދުކުރާނެ ފައިސާ ހުރިކަމަށް ނަޝީދު ވިދާޅުވި އެވެ. އެމްޑީޕީގެ ސަރުކާރެއްގައި ޕެންޝަން ފަންޑުގައި ހުރި ފައިސާ ނަގަން އެއްބަސްވުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.

Advertisement
Allied — Dhen Online (box)

"އެ ވިދާޅުވާ ހުރިހާ ކަންތަކެއް ކުރުމަށް ދައުލަތުގެ ފައިސާ އެބަހުރި. އަދި ސަރުކާރުގެ ފައިސާ އެބަހުރި. އިއްޒަތްތެރި މެމްބަރަށްވެސް އެނގިވަޑައިގަންނަވާނެ އެ ފައިސާ އެބަހުރިކަން. އަޅުގަނޑުމެން ވާނީ މަނީ ސަޕްލައި އިތުރުކޮށްގެން ފައިސާ އުފައްދާފައި. ޕެންޝަން ފަންޑުގައި އަތްލާކަށެއް ނުޖެހޭނެ. ގައުމެއްގެ ޕެންޝަން ފަންޑުގައި އަތްލީމާ އެ ދެން މާޒީ އެކީގައި އެގައުމެއްގެ ދިޔައީ." ރައީސް ނަޝީދު ވިދާޅުވި އެވެ.

މީގެ ކުރިންވެސް ސައީދު ވަނި މި ބިލު މަޖިލީހަށް ހުށަހަޅާފައެވެ. އެހެން ނަމަވެސް އެފަހަރުވެސް ބިލު ބަލައިގަނެފައި ނުވަނީ ދައުލަތުގެ ބަޖެޓާއި ގުޅޭ ކަންކަން ބިލުގައި ހިމަނާފައި ވުމުންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް