ޚަބަރު

ކުލި ނުދެއްކޭ މީހުންނަށް ލުއި ގޮތެއް ހޯދައިދިނުމަށް މަޖިލީހުން ފާސްކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

އަމިއްލަ ފަރުދުންނަށާއި ސަރުކާރަށް ކުއްޔަށް ދޫކޮށްފައިވާ އެޕާޓްމަންޓްތަކުންނާއި ގެތަކުން ކުލި ކުޑަވާންޖެހޭކަމަށާއި، އެފަދަ ބަދަލެއް އަންނާނެގޮތްތަކަކަށް ލުއި ދިނުމަށް ސަރުކާރަށް ހުށައެޅުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިގޮތަށް ފާސްވީ ވޯޓުގައި ބައިވެރިވި 66 މެންބަރުން ވޯޓުންނެވެ.

ކޮވިޑް-19 ފެތުރުނަ ނުދިނުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން އާއިލާތަކާއި ވިޔަފާރިތަކުގެ އާމްދަނީއަށް އަންނަ ނުރަނގަޅު ބަދަލުތަކުން އަރައިގަތުމަށް، ސަރުކާރުން ހިންގުމަށް ނިންމާފައިވާ ޕްރޮގްރާމް ތަންފީޒުކުރުމާމެދު ރައްޔިތުންގެ މަޖިލީހުން ދެކޭގޮތް ކަނޑައެޅުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅިގެން އިޖްތިމާޢީ ކޮމިޓީގެ ދާއިރާގެ ތެރޭގައި ހިމެނޭ މަސައްކަތުގެ ތެރެއިން ހަތް ހުށައެޅުމެއް ވަނީ ސަރުކާރަށް ހުށަހެޅުއްވުމަށް ރިޕޯޓްގައި ހިމަނާފައެވެ.

އޭގެ ތެރޭގައި އަމިއްލަފަރުދުންނަށާއި ސަރުކާރަށް ކުއްޔަށް ދޫކޮށްފައިވާ އެޕާޓްމަންޓްތަކުންނާއި ގެތަކުން ކުލި ކުޑަވާންޖެހޭކަމަށާއި، އެފަދަ ބަދަލެއް އަންނާނެގޮތްތަކަކަށް ލުއި ދިނުމަށްވަނީ މި ރިޕޯޓްގައި ބަޔާންކޮށްފައެވެ. އަދި ފުރަބަންދުގައިވާ ޙާލަތުގައި އަދި ވަކިން ޚާއްސަކޮށް މުޖުތަމަޢުގައި ބަލި ފެތުރެމުންދާ ދަނޑިވަޅެއްގައި ކުއްޔަށް ދިރިއުޅެމުންދާ ފަރާތްތަކުގެ ތެރެއިން ހާލުގައިޖެހި ކުލިދެއްކުމަށް ނުކުޅެދޭ ފަރާތްތައް މަގުމަތިވިޔަނުދިނުމަށްޓަކައި ސަރުކާރާއި ސިޓީ ކައުންސިލްތައް އަދި ރަށު ކައުންސިލްތައް މެދުވެރިކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްވެސް ރިޕޯޓްގައި ހިމަނާފައިވެއެވެ.

މި ރިޕޯޓަށް ބަހުސްކުރެއްވި ބައެއް މެމްބަރުންވަނީ ކުލި ނުދެއްކޭ ޙާލަތުގައި ސަރުކާރުން އެފަދަ މީހުންނަށް އިނާޔަތެއް ދޭންވެސް ހުށަހަޅުއްވާފައެވެ. ކޮމިޓީގެ ރިޕޯޓްގައި ހިމަނުއްވާފައިވާ އެހެންކަންކަމުގެ ތެރޭގައި، މޮރިޓޯރިއަމް ޕެކޭޖް ދިނުމަށްފަހު، އެފަރާތްތަކުން ޢަމަލުކުރާގޮތް މާލެއާއި އަތޮޅުތެރޭގައިވާ ޖޮބް ސެންޓަރ މެދުވެރިކޮށް ބަލަމުންގެންދިއުމަށާއި، މޮރިޓޯރިއަމް ޕެކޭޖް އެއްފަހަރާ ދޫނުކުރުމަށްވެސް ސަރުކާރަށް ހުށައެޅުމަށް ވަނީ ނިންމާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!