ޚަބަރު

ކުޑަ ދެ ކުދިންނާއި ބެހުނު ޕޮލިސް މީހާގެ ޝަރީއަތް ފަށައިފި

ދެން އެމްވީ ، ދެން އޮންލައިން

ކުޑަ ދެ ފިރިހެން ކުދިންނަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކުރެވޭ ފުލުސް މީހާގެ ޝަރީއަތް މިއަދު ފަށައިފިއެވެ.

Ads by Sosun Fihaara

މި މައްސަލައަކީ 2018 ވަނަ އަހަރު ފުލުހުންގެ އިދާރާއަށް ހުށަހެޅިފައިވާ މައްސަލައެކެވެ. އެހެންނަމަވެސް އެކަށީގެންވާ ހެކި ނެތުމުން އޭނާ އެފަހަރު ވަނީ ދޫކޮށްލާފައެވެ. އެހެންނަމަވެސް މި މީހާއާ ގުޅޭ އިތުރު މައްސަލައެއް މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ހުށަހެޅިގެން ދިޔައެވެ.

އެ މައްސަލަ ޕޮލިހަށް ހުށަހެޅުނުއިރު އޭނާ ހުރީ ނޯޕޭ ލީވެއް ނަގައިގެން ސްރީލަންކާގައެވެ. އަދި އޭނާ މާލެ އައުމާއި އެކުގައި މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިތައެވެ. އަދި ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކުރިއެވެ.

ކުޑަކުދިންނާއި ގުޅޭ މައްސަލަތަކަކީ ސިއްރުކޮށްގެން ކުރިއަށް ގެންދާ ޝަރީއަތްތަކެކެވެ. އެހެންކަމުން އިތުރު މައުލޫމާތެއް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!