ޚަބަރު

ކާތަކެތި ވިއްކައިގެން ކަރަންޓު ބިލް ދެއްކި ކަމަށް ބުނާ ހަބަރު ސްޓެލްކޯ އިން ދޮގުކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ކަރަންޓު ކަނޑާލަން އިންޒާރު ދިނުމުން މީހުން ހަދިޔާ ކޮށްފައިހުރި ކާތަކެތި ވިއްކައިގެން ކަރަންޓު ބިލް ދެއްކި ކަމަށް ބުނެ "މިއަދު" ނޫހުގައި ޝާއިރު ކޮށްފައިވާ ހަބަރު، ސްޓެލްކޯ އިން ދޮގުކޮށްފިއެވެ.

Ads by STELCO

މިކަމާއި ގުޅިގެން ސްޓެލްކޯ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޮވިޑް19 އާއި ގުޅިގެން ރާއްޖެއަށް ދިމާވެފައިވާ ހާލަތުގައި، މާލީ ސަބަބުތަކާއި ހުރެ އެ ކުންފުނިން ދޭ އެއްވެސް ހިދުމަތެއް ގެ ބިލް ނުދެއްކި ހާލަތެއްގައި ކަރަންޓު ކަނޑާނުލުމަށް އެކުންފުނިން ނިންމާފައިވާނެ ކަމަށެވެ. އެ ކުންފުނިން އެގޮތަށް ނިންމާފައިވަނީ ކަރަންޓަކީ ޒަރޫރީ ބޭނުމަކަށް ވާތީއާއެކު ކަރަންޓު ކަނޑާލައިފިނަމަ އެކަމާއި ގުޅިގެން ކަސްޓަމަރަށް ދަތިތަކާއި ކުރިމަތި ލާން ޖެހޭނެތީކަމަށެވެ.

ސްޓެލްކޯ އިން ވަނީ މިފަދަ ހައްސާސް ދަނޑިވަޅެއްގައި ރައްޔިތުންގެ މެދުގައި ފިތުނަފަސާދަ އުފެދޭ ފަދަ ހަބަރުތައް ނުފެތުރުމަށާއި އެކުންފުންޏާއި ގުޅޭ ހަބަރެއް ޝާއިއު ކުރާނަމަ އެ ކުންފުނީގެ ބަހެއް ހޯދުމަށް އެދިފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!