ޚަބަރު

ފެނަކަ ކޮނޑޭ ބްރާންޗުގެ އިސް މުވައްޒަފަކު މަރުވެފައި އޮއްވާ ފެނިއްޖެ

ދެން އެމްވީ ، ދެން އޮންލައިން

ގއ. ކޮނޑޭ ފެނަކަ ބްރާންޗުގެ ޑެޕިއުޓީ މެނޭޖަރު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

އޭނާ މަރުވެފައި އޮއްވާ ފެނުނީ ހެނދުނު ނުހޭލައިގެން ގޮސް ބެލިއިރު އެވެ.

ފެނަކަ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ކުންފުންޏަށް 10 އަހަރަށްވުރެެ ދިގު މުއްދަތެއް ވަންދެން ހިދުމަތް ކޮށްދެމުން ގެންދިޔަ ގއ. ކޮނޑޭ ބްރާންޗުގެ ޑެޕިއުޓީ މެނޭޖަރު މުހައްމަދު އަބްދުލް ހަކީމް، 46ކުއްލި ގޮތަކަށް މަރުވެފައިވާ ކަމަށެވެ.

ފެނަކަ އިން ބުނީ މުހައްމަދު އަބްދުލްހަކީމްގެ ކުއްލި ވަކިވުމާ ގުޅިގެން އޭނާގެ އާއިލާ އަށް ކެތްތެރިކަން ދެއްވުމަށް އެދޭކަމަށެވެ.

މުހައްމަދު އަބްދުލް ހަކީމްގެ ކުއްލި ވަކިވުމަކީ ފެނަކައިގެ މެނޭޖުމެންޓަށާއި މުވައްޒަފުންނަށް ލިބުނު ހިތާމައެއް ކަމަށާއި މަރުހޫމުގެ ފުރާނައަށް ރަހުމަތް ލެއްވުން އެދި ދުއާ ކުރާ ކަމަށް ފެނަކަ އިން މިއަދު ނެރުނު ބަޔާނުގައި ބުންޏެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!