ޚަބަރު

ކޮރޯނާ ވައިރަސް ނައްތާ ނުލެވި، މިބައްޔާއެކު އުމުރު ދުވަހު އުޅެން ޖެހިދާނެ - ޑަބްލިއުއެޗްއޯ

ކޮރޯނާ ވައިރަސް ނައްތާނުލެވި، އުމުރު ދުވަހު ވައިރަސް އާއެކު އުޅެން ޖެހިދާނެކަމުގެ ބިރު ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާ، ޑަބްލިޔުއެޗްއޯ އިން ހާމަކޮށްފިއެވެ.

ދުނިޔެއިން ކޮވިޑް-19 ނައްތާލުމަށް ކުރާ މަސައްކަތް ކާމިޔާބު ނުވެ، މި ބައްޔާއެކު ދާއިމީކޮށް އުޅެން ޖެހުމުގެ ނުރައްކާ އޮތްކަމަށް ޑަބްލިއުއެޗްއޯގެ ކުއްލިހާލަތާއި ބެހޭ ގޮފީގެ ތަޖުރިބާކާރު، މައިކް ރަޔާން ވިދާޅުވެފައިވަނީ އޮންލައިންކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

އެގޮތުން މައިކް ވަނީ މި ހަގީގަތާއި ކުރިމަތި ލާން ޖެހިފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި ބަލިން ސަލާމަތްވާނެ ދުވަހެއް އެކަކަށް ވެސް ބުނަން ނޭނގޭ ކަން ފާހަގަކޮށް މައިކް ވަނީ އެފަދަ ހާލަތަކަށް ދުނިޔެ ތައްޔާރުވާން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި ވައިރަހުގެ ސަބަބުން ލިބިދާނެ ގެއްލުންތަކުން އަރައިގެނެވޭނީ ވެސް އޭރުން ކަމުގައި މައިކް ވިދާޅުވިއެވެ،

ކޮވިޑް19 އަށް 100 އަށް ވުރެ ގިނަ ވައިރަސް ތައްޔާރުކުރެވެމުން އައިނަމަވެސް ދުނިޔެއިން މި ވައިރަސް މުޅިން ނައްތާނުލެވިދާނެ ކަމަށާއި ވައިރަސް އެއް އުފެދުނު ނަމަވެސް ވައިރަސް ނައްތާލުމަށް ބޮޑެތި މަސައްކަތްތަކެއް ކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން މީސްލްސް ގެ ވެކްސިން އެއް ހުރެ އެ ބަލި ނައްތާލެވިފައިނުވާ ކަން އޭނާ ފާހަގަކުރެއްވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!