ދުނިޔެ

ޑަޔާނާގެ މިފޮޓޯތައް ކުރިން ގިނަ މީހުންނަކަށް ނުފެނޭ!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އިނގިރޭސިވިލާގެ ޝާހީ އަމީރާ، އަދި އެތައް ހާސް ބައެއްގެ ލޯބި ހޯއްދެވި ޕްރިންސަސް ޑަޔާނާގެ އާ ފޮޓޯތަކެއް އަނެއްްކާ ވެސް އާންމު ވެއްޖެއެވެ.

Ads by Sosun Fihaara

ޑަޔާނާ މަރުވިތާ މިހާރު 23 އަހަރު ވެފައިވީ ނަމަވެސް، އެހަނދާންތައް އަދިވެސް އެތައް ބައެއްގެ ހިތްތަކުގައި ވެއެވެ. ފޮޓޯއަކުން ނަމަވެސް އެކަމަނާ ދެކިލަން އަދިވެސް ބޭނުންވާ މީހުން އަދިވެސް މަދު ނޫންކަން ފާހަގަ ވެއެވެ.

ޕްރިންސަސް ޑަޔާނާގެ އާ ފޮޓޯތަކެއް މިހާރު އާއްމު ވެފައިވާއިރު، ރިޕޯޓުތަކުން ބުނެފައިވަނީ މިއީ ކުރިން ފެނިފައިނުވާ ފޮޓޯތަކެއް ކަމަށެވެ.

ޑަޔާނާ އަކީ އެންމެ ރީތި އަންހެނުންގެ ތެރޭގައި ފާހަގަކޮށްލެވުނު އެކެކެވެ. އޭނާއަކީ ފަގީރުންނަށް ވެސް ހިތްހެޔޮ އޯގާތެރިވި މީހެކެވެ.

ޕްރިންސް ޗާލްސް އާއި ކައިވެނި ބައްލަވައި ގަތުމުގެ ކުރިން ޑަޔާނާ އަކީ ކިންޑަގާޑަން ޓީޗަރެއްގެ އެސިސްޓެންޓެކެވެ. ޝާހީ ޢާއިލާގެ އަންހެން ކަނބަލުންގެ ތެރެއިން ޑަޔާނާ އަކީ ކައިވެނީގެ ކުރިން ވަޒީފާއެއްގައި އުޅުއްވި ހަމައެކަނި އަމީރާއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!