ޚަބަރު

ގުރައިދޫ މަރުކަޒަށް ޖަޕާނުން 1.3 މިލިއަން ރުފިޔާގެ އެހީ

ދެން އެމްވީ ، ދެން އޮންލައިން

ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ޖަޕާނު ސަރުކާރުން 86،961 ޑޮލަރު (1.3 މިލިއަން ރުފިޔާ) މިއަދު ހަދިޔާކޮށްފި އެވެ.

Ads by STELCO

ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޖަޕާނު ސަރުކާރުގެ ފަރާތުން އެހީ ހަވާލުކޮށްދެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު، މިސް ކެއިކޯ ޔަނާއިއެވެ. ޖެންޑާ މިނިސްޓްރީގެ ފަރާތުން އެހީއާ ހަވާލުވެވަޑައިގެންނެވީ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޗީފް އެގްޒެކެޓިވް އޮފިސަރު އިމްރާން އިބްރާހީމެވެ.

ޖެންޑާ މިނިސްޓްރީން ބުނީ ޖަޕާނުން ދިން އެހީ ބޭނުންކުރާނީ އެ މަރުކަޒުގައި ހުރި ކްލިނިކް އިތުރަށް މަރާމާތުކޮށް، ޖާގައިގެ ތަނަވަސްކަން އިތުރު ކުރުމަށާއި މަރުކަޒުގައި އުޅޭ މީހުންނަށް، އިމަޖެންސީ ހާލަތްތަކުގައި އަވަސް ފަރުވާދެވޭނެ އިންތިޒާމު ގާއިމް ކުރުމަށް ކަމަށެވެ.

މި މަޝްރޫޢުތަކުގެ ސަބަބުން ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ދިރިއުޅޭ ފަރާތްތަކަށް ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅުވެގެން ދާނެ ކަމަށް ޖެންޑާ އިން ބުންޏެވެ.

މީގެ 32 އަހަރު ކުރިން ގާއިމްކުރި މަރުކަޒުގައި މިވަގުތު ވެސް 200 މީހުން އެބަތިއްބެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!