ޚަބަރު

ނ.ކ.ޝ ޢިއްޒަތްތެރިޔާ ހުސައިން ޢަބްދުﷲ އަވަހާރަވުމާ ގުޅިގެން އެ އާއިލާއަށް ރައީސް ތައުޒިޔާ ދަންނަވައިފި

ދެން އެމްވީ ، ދެން އޮންލައިން

ނިޝާން ކަލާފާނުގެ ޝަރަފުގެ ޢިއްޒަތުގެވެރިޔާ (ނކޝޢ) ޙުސެއިން ޢަބްދުﷲ އަވަހާރަވުމާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ އާއިލާއަށް ތައުޒިޔާ ދަންނަވައިފިއެވެ.

Ads by MWSC

ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މުޖްތަމަޢަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކޮށްދެއްވި ނ.ކ.ޝ ޢިއްޒަތްތެރިޔާ ޙުސައިން ޢަބްދުﷲ އަވަހާރަވުމުގެ ހިތާމާގައި އެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވާ ކަމަށެވެ.

"އެމަރުޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާ ޢާއިލާއަށް ކެތްތެރިކަން ދެއްވުންއެދި ދުޢާކުރަން. އާމީން" ރައީސް ވިދާޅުވިއެވެ.

މަޝްހޫރު ވިޔަފާރި ކުންފުނި އެމްއެޗްއޭގެ ވެރިޔާ ޙުސެއިން ޢަބްދުﷲ (88އ.) ކޯވިޑް އަށް ފައްސިވެގެން އަވަހާރަވީ ރޭ 23:15 ގައި ދަރުމަވަންތަ ހޮސްޕިޓަލުގައެވެ. އެމަނިކުފާނުގެ އަނބިކަނބަލުން ނިޔާވީ މިދިޔަ އޭޕްރިލް މަހުގެ 30 ވަނަ ދުވަހުއެވެ. އެކަމަނާއަކީ ރާއްޖެއިން މިބަލީގައި ނިޔާވި ފުރަތަމަ މީހާއެވެ.

ޙުސެއިން ޢަބްދުﷲ ނުވަތަ މަރޮށީ ޙުސެއިން ކަލޭފާނު ފާހަގަ ކުރެވިފައިވަނީ ޖަމާޢަތަށް ފައިދާހުރި ޚާއްޞަ ޚިދްމަތް ކުރެއްވުމުގެ ދާއިރާއާއި، ވިޔަފާރީގެ ދާއިރާގައި ވަރަށް ޚާއްސަ ބޭފުޅެއްގެ ގޮތުގައެވެ.
ޙުސެއިން ޢަބްދުﷲ އަކީ މަރޮށީ ކަތީބުކަމުގައި ހުންނެވިއިރު އެރަށުގެ ތަރައްޤީއަށާއި، ރަށުގެ ރައްޔިތުންނަށް އަދި މުޅި އަތޮޅަށް ވަރަށް އިޚްލާޞްތެރި ޚިދްމަތްތަކެއް ކޮށްދެއްވި އަދި މަރޮށީގެ ރައްޔިތުންނަށް ހިތްޕުޅުގައި ވަރަށް ޚާއްސަ ލޯތްބަކާއި ޤަދަރެއް އޮތް ބޭފުޅެކެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!