ޕީކަށް ދިޔައިރުވެސް ވަސީލަތްތަކެއް ނެތް، މިއީ އެމްޑީޕީގެ ލީޑަޝިޕްގެ ދޯހަޅި ވިސްނުމުގެ ނަތީޖާ: ޖަމީލު
ކޮވިޑަށް ތައްޔާރުވާން 3 މަސް ލިބުނަސް ރާއްޖެ ޕީކަށް ދިޔައިރުވެސް ވަސީލަތްތަކެއް ނެތް ކަމަށާއި މިއީ އެމްޑީޕީގެ ލީޑަޝިޕްގެ ދޯހަޅި ވިސްނުމުގެ ނަތީޖާ ކަމަށް ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
ޖަމީލު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީން ސައެންސް ދޮގުކޮށް ރައްޔިތުންނަށް އޮޅުވާލަން ވަކާލާތުކުރި ކަމަށާއި އަދިވެސް ފޯރިނަގަނީ ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމަށްވުރެ ބޮޑަށް ފައިސާކޮޅު ހޭދަކޮށްލަން ކަމަށެވެ.
"ތައްޔާރުވާން 3 މަސް ލިބުނަސް ރާއްޖެ ޕީކަށްދިޔައިރުވެސް ވަޞީލަތްތަކެއް ނެތް. މިއީ އެމްޑީޕީގެ ލީޑަޝިޕްގެ ދޯހަޅި ވިސްނުމުގެ ނަތީޖާ. ސައެންސް ދޮގުކޮށް ރައްޔިތުންނަށް އޮޅުވާލަން ވަކާލާތުކުރީ. އަދިވެސް ފޯރިނަގަނީ ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމަށްވުރެ ބޮޑަށް ފައިސާކޮޅު ހޭދަކޮށްލަން." ޖަމީލު ވިދާޅުވިއެވެ.
ތައްޔާރުވާން 3 މަސް ލިބުނަސް ރާއްޖެ ޕީކަށްދިޔައިރުވެސް ވަޞީލަތްތަކެއް ނެތް. މިއީ އެމްޑީޕީގެ ލީޑަޝިޕްގެ ދޯހަޅި ވިސްނުމުގެ ނަތީޖާ. ސައެންސް ދޮގުކޮށް ރައްޔިތުންނަށް އޮޅުވާލަން ވަކާލާތުކުރީ. އަދިވެސް ފޯރިނަގަނީ ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމަށްވުރެ ބޮޑަށް ފައިސާކޮޅު ހޭދަކޮށްލަން. pic.twitter.com/tr1oAavHMG
— Mohamed Jameel Ahmed (@MJameelAhmed) May 14, 2020
މި މަހުގެ ފަހު ދެ ހަފްތާގައި ކޮވިޑް ފެތުރޭ މިންވަރު އިތުރުވާނެ ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ. ނަމަވެސް ކޮވިޑަށް އަށް ޓެސްޓު ކުރުން އިތުރުކުރަން ސަރުކާރުން ގެންނަން ބުނި މެޝިންތައް އަދިވެސް ނާންނަ ކަން ފާހަގަކޮށްލެވެއެވެ.