ތޮއްޑޫގައި މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވި މައްސަލައެއް ފެންމަތި ވެއްޖެ
ފަރުވާ ނުދެވި ހުއްޓާ އއ. ތޮއްޑޫގައި މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވި މައްސަލައެއް ފެންމަތިވެއްޖެއެވެ.
ވިހަން ގެންދިޔަ މީހާގެ އާއިލާ މީހަކު މީސް މީޑިއާގައި ލިޔެފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އިއްޔެގެ ވަގުތެއްގައި ތޮއްޑޫ ސިއްހީ މަރުކަޒަށް ވިހަން ގެންދިޔަ މީހާއަށް ހިދުމަތް ނުދެވި ބަނޑަށް ދަރިފުޅު މަރުވެފައިވާ ކަމަށެވެ.
އެމީހާއަށް ދެވޭނެ ފަރުވާއެއް ނެތުމުން މާލެއާއި އެއަތޮޅު ރަސްދޫ އަށް އެ އަންހެން މީހާ ގެންދިޔުމަށް ހުއްދައަށް އެދުމުން އެކަމަށް ރަށު ކައުންސިލުންނާއި ޓާސްކްފޯހުން ހުއްދަ ދީފައިނުވާ ކަމަށް އޭނާ ލިޔެފައިވެއެވެ.
މި މައްސަލާގައި ތޮއްޑު ދާއިރާގެ މެމްބަރު ހަސަން ޝިޔާން ވިދާޅުވީ އެ މައުލޫމާތު އޭނާ އަށް ލިބުނު ވަގުތުން ފެށިގެން މައްސަލަ ހެލްތު މިނިސްޓްރީގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ. އަދި ނައިބު ރައީސްގެ ބެެއްލުވުމުގެ ދަށުން އެ މައްސަލަ ތަހްގީގު ކުރަމުން ގެންދަވާ ކަމަށާއި އެފަދަ ދެވަނަ ހާދިސާއެއް ހިނގިޔަ ނުދިނުމަށް ކުރަންޖެހޭ މަސައްކަތްތަށް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.