ޚަބަރު

ލަފާ ކުރި ވަރުގެ ބޮޑު ސާޖެއް އަދި ނާދޭ: ޑރ. އަފްޒަލް

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19އާ ގުޅިގެން ލަފާ ކުރި ވަރުގެ ބޮޑު ސާޖެއް އަދި ނާންނަ ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.

Ads by STELCO

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ ރާއްޖޭގައި މިހާރު ހުރި ޓެސްޓިން ކެޕޭސިޓީއަށް ބަލާއިރު ސާޖެއް އަޔަސް އެނގޭނެ ގޮތެއް ނޯންނާނެ ކަމަށްބުނެ ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުގައި ވާހަކަ ދައްކަމުންދެއެވެ.

ޑރ. އަފްޒަލް ވިދާޅުވީ އެކަން އެނގޭނެ އެހެން އިންޑިކޭޓާސްތައްވެސް އެބަ ހުރި ކަމަށެވެ. އެގޮތުން ފްލޫ ކްލިނިކްތަކަށް ދައްކާ އަދަދުވެސް އިތުރުވެގެންދާނެ ކަމަށާއި ސާރި ކޭސްތައްވެސް އިތުރުވެގެންދާނެ ކަމުގައިވެސް ޑރ. އަފްޒަލް ވިދާޅުވިއެވެ.

ޑރ. އަފްޒަލް ވިދާޅުވީ ސާޖެއް އައިކަން ކަށަވަރު ކުރުމަށް ޓެސްޓިން ކެޕޭސިޓީ އިތުރު ކުރަން ޖެހޭ ކަމަށެވެ. ނަމަވެސް ކުރިން އުއްމީދު ކުރިވަރުގެ ސާޖެއް އަދި ނާންނަ ކަމަށާއި ލޮކްޑައުން އިތުރު ވުމާ އެކު ސާޖް ދަށްކުރެވޭނެ ކަމަށް ބެލެވޭ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.

އަފްޒަލް ވިދާޅުވީ ކޭސްތައް ފެންނަމުންދާ ގޮތާއި ފައްސިވާ މީހުންނާއި ގުޅުންހުރި މީހުން ފެންނަ އަދަދު މަދުކަމަށެވެ. އަދި އާ ކްލަސްޓާތަކާއި ގުޅުންހުރި ކޮންޓެކްޓް މަދުވުމަކީވެސް ހިންހަމަޖެހުމެއްކަމަށްވެސް ޑރ.އަފްޒަލް ވިދާޅުވިއެވެ. އަދި ބަލި ފެންނަ އުމުރުފުރާވެސް އުޅެނީ އެއް މިންގަޑެއްގައިކަން ޑޮކްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!