ޚަބަރު

ކޯވިޑް-19އިން ސަލާމަތްވުމަށް އިޓަލީން ކުރަމުންދާ މަސައްކަތްތަކަށް މުސްލިމުންގެ ދީލަތި އެހީތަކެއް

ދެން އެމްވީ ، ދެން އޮންލައިން

ރޯމް: ކޯވިޑް-19 ގެ ނުރައްކަލުން ސަލާމަތްވުމަށް އިޓަލީގެ މުސްލިމުން ވަމުން އަންނަ ދީލަތި އެހީތަކުގެ ސަބަބުން އެމީހުންނަށް އެތައް ބަޔަކު ތަޢުރީފު ކޮށްފިއެވެ. އެގޮތުން މިބަލިމަޑުކަމުގައި އެހީތެރިވުމަށް އިޓަލީގެ މުސްލިމުން 500،000 އަށްވުރެ ގިނަ ޔޫރޯ އާއި ކާބޯތަކެތި ހަދިޔާ ކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެފައިވެއެވެ.

Ads by MWSC

ކޯވިޑް ޖެހިގެން އިޓަލީން މަރުވި މީހުންގެ އަދަދު 31،000 އާއި ގާތް ކޮށްފައިވާއިރު، އެޤައުމުގެ މައި އެއް ސަރަހައްދު ކަމުގައިވާ ލޮމްބާޑީ އަށް ވެސް ވަނީ މިބަލީގެ އަސަރު ވަރަށް ބޮޑަށް ފޯރާފައެވެ. އެކަމުގެ ސަބަބުން އެޤަމުގެ އިޤްތިޞާދަށް ވަރަށް ބޮޑު އަސަރެއް ކޮށްފައިވެއެވެ.
ނަމަވެސް ދެމަސް ދުވަހަށް އިޓަލީގައި ދެމިގެންދިޔަ ފުރަބަންދުގައި، މުސްލިމުންގެ ދީލަތި އެހީތެރިކަން އެޤައުމުގެ މީޑިއާތަކުން ވަނީ ފާހަަގަ ކޮށްފައެވެ. ޚާއްސަކޮށް މިބަރަކާތްތެރި ރަމަޟާން މަހުގައެވެ.

އެހީތެރިކަން ބޭނުން ވެފައިވާ ފަރާތްތަކަށް ކާބޯތަކެއްޗާއި އެހެނިހެން ޒަރޫރީ ސާމާނު ފޯރުކޮށް ދިނުމަށްޓަކައި އިޓަލީގެ މުސްލިމު ޖަމާޢަތްތަކާއި އިސްލާމިކް ސެންޓަރުތަކުން ދަނީ ބުރަކޮށް މަސައްކަތް ކުރަމުންނެވެ.

"އެހީތެރިކަން ބޭނުންވެ، މާލީ ޙާލަތު ދަށް މީހުންނަށް އެހީތެރިވުމުގެ ގޮތުން އަހަރުމެން މިދަނީ ކޮންމެ ދުވަހަކުވެސް ވަރަށް ބުރަ މަސައްކަތްތަކެެއް ކުރަމުން. މިއީ އަހަރުމެން ކުރާ ޞަދަޤާތެއް" ޔޫނިއަން އޮފް ދަ އިސްލާމިކް ކޮމިއުނިޓީސް އިން އިޓަލީގެ ރައީސް ޔާސީން ލަފްރާމް ވިދާޅުވިއެވެ.

"އިޓަލީއަށް ދިމާވެފައިވާ އިޤްތިޞާދީ ދަތިކަން ޤައުމުގެ މުސްލިމުން ވެސް ދަނީ ތަޙައްމަލު ކުރަމުން. ނަމަވެސް އަހަރުމެން މަސައްކަތް ކުރަނީ އެހީތެރިކަން ފޯރުކޮށްދީ ޞަދަޤާތް ކުރުމަށް" ޔާސީން އިތުރަށް ވިދާޅުވިއެވެ.

ކޯވިޑް-19 ގެ ނުރައްކަލުން ރައްކާތެރިވުމަށް މުސްލިމުން ވެދީފައިވާ އެހީތައް ހަދިޔާ ކޮށްފައިވަނީ މުނިސިޕަލް އެޑްމިނިސްޓްރޭޝަންސް ގެ އިތުރުން، ދަ ރެޑް ކްރޮސް، ވޮލަންޓިއަރ އެސޯސިއޭޝަންސް، އަދި މިބަލިމަޑުކަމަށް ޚާއްސަ ކޮށްފައިވާ ފްރަންޓްލައިން ހޮސްޕިޓަލު ތަކަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!