ޚަބަރު

މީހަކު މަރުވެއްޖެކަމަށް ބުނެ ކަށުނަމާދު ޕޭޖަށް ދޮގު މައުލޫމާތު ދީފި

ދެން އެމްވީ ، ދެން އޮންލައިން

މީހަކު މަރުވެއްޖެ ކަމަށް ބުނެ ކަށުނަމާދުގެ މައުލޫމާތު ގެނެސްދޭ "ކަށުނަމާދު .އެމްވީ" ފޭސްބުކު ޕޭޖަށް މެސެޖުކޮށް ދޮގު މައުލޫމާތު ދީފިއެވެ.

ކަށުނަމާދު ޕޭޖު ހިންގާ އަހުމަދު މުނައްވަރު ބުނީ ކަށުނަމާދުގެ މައުލޫމާތު ގެނެސްދިނުމަށް އެދި ރޭ 12:03 އެހައިކަންހާއިރު ޕޭޖަށް މީހަކު މެސެޖު ކުރި ކަމަށާއި، އެ މެސުގައި ބުނިގޮތަށް މައުލޫމާތު ހިމަނައިގެން ޕޯސްޓަރު ހަދައި ޕޭޖުގައި ޝާއިއު ކުރި ކަމަށެވެ.

އޭނާ ބުނީ ޖެހިތާ ތިން މިނެޓު ތެރޭގައި އެއީ ދޮގެއްކަން އެނގުނު ކަމަށާއި އަވަހަށް ޕޯސްޓު ޑިލީޓު ކޮށްލީ ކަމަށެވެ. މުނައްވަރު ބުނީ އަންހެނަކު މަރުވެގެން އެ މައުލޫމަތު ހިމަނައިދިނުމަށް އެދި މެސެޖު ކުރީ، މަރުވިކަމަށް ބުނާ މީހަގެ ފޮޓޯއާވެސް އެކު ކަމަށެވެ.

މުނައްވަރު ބުނީ މަރުވި ކަމަށް ބުނާ އަންހެން މީހާ އަދި އޭނާގެ ފިރިމީހާ ވެސް ފަހުން އޭނާ އަށް މެސެޖު ކުރި ކަމަށާއި އަންހެން މީހާވެސް ހުރީ ހެޔޮ ހާލުގައި ކަމަށެވެ.

މި ހާދިސާ އާއެކު އެ ޕޭޖުގައި ކަށުނަމާދުގެ މައުލޫމާތު ހިމަނައިދޭ އުސޫލު ވަނީ ހަރުކަށި ކޮށްފައެވެ. އެގޮތުން މަރުވި މީހާގެ މަރުފޯމާއި މަރުވި މީހާގެ އައިޑީކާޑުގެ ފޮޓޯ އެއް އެ ޕޭޖަށް ފޮނުވުމުން ނޫނީ ދެން ކަށު ނަމާދުގެ މައުލޫމާތު ހިމަނައިނުދޭނެ ކަމަށް އޭނާ ބުންޏެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!