ދުނިޔެ

ލޮކްޑައުންގައި ތިއްބާ ބެލްކަނިން ފެނިގެން ލޯބިވި ދެމިހުން އެންމެ ފަހުން ބައްދަލު ވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

ކޮރޯނާވައިރަސް އެންމެ ގަދައަށް ފެތުރުނު އެއް ގައުމު ކަމަށްވާ އިޓަލީގައި އިޢްލާންކޮށްފައިވާ ލޮކްޑައުންގެ ތެރޭގައި ލޯބި ވެވުނު ދެމީހުން އެންމެ ފަހުން ބައްދަލު ވެއްޖެއެވެ. މި ދެމީހުންނަށް އެކަކު އަނެކަކަށް ފެނުނީ އެމީހުން ދިރިއުޅޭ އެޕާޓްމަންޓްގެ ބެލްކަނިންނެވެ. ފުރަތަމަ ނަޒަރުން ދެމީހުނަށް ވެސް އެކަކު އަނެކަކު ދެކެ ލޯބިވެވުނު ކަމަށް އެމީހުން ވަނީ ސޯޝަލް މީޑިޔާގައި ހާމަކޮށްފައެވެ. ލޮކްޑައުންގައި ތާށިވެފައި ތިބެން ޖެހުމުން ބެލްކަނިން ބޭރު ބަލާލުމާއެކު ފެނުނު މީހަކު ދެކެ ހަގީގީ ލޯބި ވެވިދާނެކަން މިއޮތީ ސާބިތުވެފައެވެ.

Ads by Sosun Fihaara

ގޭގައި ތާށިވެ ފޫހިވެފައިވާ ޕައޯލާގެ ދައްތަ ލީޒާ އަވަށްޓެރިން ހިތް ހަމަ ޖެއްސުމަށް ބެލްކަނީގައި ހުރެގެން ކޮންމެ ދުވަހަކު ވަޔަލިންކުޅެއެވެ. ވަޔަލިންގެ އަޑުއަހަން މިޝޭލްވެސް ނިކުމެއެވެ. އަދި ދައްތަ އަށް އެއްބާރުލުން ދިނުމަށް ޕައޯލާވެސް ނިކުތުމާއި އެކު ޕައޯލާގެ ނަޒަރު މިޝެލްއަށް ހުއްޓުނެވެ. މިޝޭލް ބުނީ އެންމެ ފުރަތަމަ ފާހަގަ ކުރެވުނީ ވަޔަލިން ކުޅެން ހުރި މީހާކަމަށެވެ. ނަމަވެސް ޖެހިގެން ހުރި މީހާ ފެނުމާއެކު، އެއީ އޭނާގެ ހަޔާތުގެ ބައިވެރިޔާކަން ހިތުން ގަބޫލު ކުރެވިއްޖެކަމަށެވެ. އަދި ސޯޝަލް މީޑިޔާއިން އޭނާ ހޯދުމަށްފަހު އޭނާއަށް މެސެޖް ކުރި ކަމަށާއި، މިލޯބީގެ ވާހަކައަށް ފޮތެއްވެސް ލިޔެވިދާނެކަމަށް އޭނާ ބުންޏެވެ.

ލޯބީގެ މަޝްހޫރު ވާހަކަ ރޯމިއޯ އެންޑް ޖޫލިއަޓް ނިސްބަތްވާ އިޓަލީ ގެ ވެރޯނާގައި ދިރިއުޅޭ، މިޝޭލް އަދި ޕައޯލާގެ ލޯބި ބެލްކަނިން ބޭރަށް އައިސް އެމީހުނަށް ބައްދަލު ކުރެވުނީ އިޓަލީގެ ލޮކްޑައުންއަށް ލުޔެއް ދިނުމުން މި މޭމަހުގެ ފުރަތަމަ ހަފްތާތެރޭގައެވެ. ދެމީހުން ބައްދަލުވުމުން އެކަކު އަނެކެއްގެ ލޮލަށް ގާތުން ބަލާލުމުގެ ފުރުސަތު ލިބުނެވެ. ދެމިހުނަށް ލިބުނު އުފާ ބަޔާން ނުކުރެވޭހާ ބޮޑެވެ.

"ދަ ޓައިމްސް" އާ ވާހަކަ ދައްކަމުން ޕައޯލާބުނީ، ހަޔާތުގެ ބައިވެރިއެއްގައި ހުންނަން އަބަދުވެސް އުންމީދުކުރި ހުރިހާ ސިފައެއް މިޝޭލްގެ އެބަ ހުރިކަމަށާ، އެންމެ ފުރަތަމަ ގާތުން ބައްދަލު ވި ދުވަހު ވަރަށް ހާސްވި ކަމަށެވެ. މިޝޭލް ބުނީ އެންމެ ފަހުން ބައްދަލުވުމުން ވަރަށް އުފާވެއްޖެކަމަށާ، ޕައޯލާ އަކީ ކުރިން ހީކުރި ވަރަށް ވުރެ ރީތި މީހެއް ކަމަށެވެ. މިޝޭލް އޭނާގެ މައިންބަފައިންނާއި އެކު ދިރި އުޅެމުން ދިޔަ ނަމަވެސް އެޕާޓްމަންޓެއް ގަނެގެން ދެމީހުން އެކުގައި ބަދަލު ވުމަށްމިހާރު ވިސްނަމުންދާ ކަމަށް މިޝޭލް ބުންޏެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!