ލައިފްސްޓައިލް

ރެސިޕީ: ނޯ ބޭކް ސްނިކާސް ޕައި

ބޭނުންވާނެ ތަކެތި

1 ޕެކެޓު މާރީ ބިސްކޯދު ނުވަތަ އޯރިއޯ (މިކްސަރުން ފުނޑާފައި)

4 ބޮޑު ސްނިކާސް ޗޮކްލެޓް

1/2 ބަޓަރު (ދިޔާކޮށްފައި)

2 ދަޅު ނެސްލޭ ކްރީމް

ކްރީމް ޗީޒް

1/2 1 ވިޕިން ކްރީމް ޕައުންޑަރ

1/4 ތަށި ދިޔާ ކިރު

ތައްޔާރުކުރާނެ ގޮތް

ތައްޓެއްގެ ތެރެއަށް ފުނޑާފައިހުރި ބިސްކޯދުތައް އަޅާލާށެވެ. އަދި އޭގެ ތެރެއަށް ދިޔާކޮށްފައި ހުރި ބަޓަރު ކޮޅު އަޅައި ރަނގަޅަށް އެއްކޮށްލާށެވެ. އެއްކޮށް ނިމުމުން، ތަށީގެ ފުލުގައި މި މިކްސް ރަނގަޅަށް ފަތުރާލައި އެއްވަރު ކޮށްލާށެވެ.

މިކްސަރަކަށް ކްރީމް، ކްރީމް ޗީޒް، ވިޕިން ކުރީމް، އެއް ސްނިކާސް ޗޮކްލެޓް އަދި ދިޔާ ކިރު އަޅައި ރަނގަޅަށް ގިރާލާށެވެ. އަދި މި މިކްސް ކުރިން ތައްޔާރުކުރި ބިސްކޯދު ލޭޔަރުގެ މައްޗަށް އަޅާލުމަށްފަހު 2 ގަޑިއިރަށް ސެޓް ކޮށްލަން ފްރިޖުގައި ބަހައްޓާށެވެ.

އެއަށްފަހު ތަވައަކަށް ދެ ސްނިކާސް ޗޮކްލެޓާއި ކިރުއެޅުމަށްފަހު ޗޮކްލެޓްތައް ދިޔާވަންދެން ކައްކާލާށެވެ. އަދި ކުރިން ފިނިކުރަންލީ މިކްސްގެ މައްޗަށް މި ޗޮކްލެޓް މިކްސް އަޅާލުމަށްފަހު، މަދުވެގެން 1 ގަޑިއިރު ވަންދެން ފްރިޖުގައި ބަހައްޓާށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!