ޚަބަރު

ކަނޑު ދަތުރުކުރުމުގައި ސަމާލުވާން އިލްތިމާސްކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

މިދުވަސްވަރަކީ މޫސުން ގޯސްދުވަސް ވަރަކަށް ވުމާއެކު ކަނޑު ދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފިއެވެ.

Ads by STELCO

އެމްއެންޑީއެފް އިން ބުނީ މޫސުން ގޯސްވުމާއި ގުޅިގެން ކަނޑުމަތީގެ ތަފާތު ހާދިސާތަައް ހިނގަމުންދާ ކަމުގެ މައުލޫމާތު އެންމެ އެމްއެންޑީއެފް ކޯސްޓްގާޑް އަށް ލިބެމުންދާ ކަމަށެވެ.

އެހެންކަމުން ކަނޑުދަތުރު ކުރާ އުޅަނދުގެ އޮޑިވެރިނާއި، ކެޕްޓަނުން، ދަތުރަށް ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމަތު ސާފުކުރުމަަށާއި އަދި އުނޅަދުގައި ލައިފްޖެކެޓާއި ، މުވާސަލާތީ ވަސީލަތްތަކާއި ، ދިޔަ ހިއްކާ ޕަންޕު ފަދަ ނިޒާމްތައް ހުރީ ރަނގަޅަށްތޯ ޗެކް ކުރުމަށާއި އުނޅަދުގައި މީހުން އުފުމަށް ހުއްދަ އޮތް މިނަވަރަށް ވުރެއް ގިނައިން މީހުން ނޫފުލުމާއި، އުނޅަދު ފަހަރަށް މުދާ ބަރުކުރުމުގައި ކަނޑައެޅިފައިވާ މިންގަނޑަށް ވުރެ ބޮޑަށް ބަރު ނުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

އަދި ޚާއްސަކޮށް ކުދި އަނގަމަތި، ސަލާމަތީގޮތުން ރައްކާތެރިކަން ކުޑަ އުޅަނދުފަހަރުގައި ދަތުރު ކުރައްވާ އިރު ޚާއްސަ ސަމާލުކަމެއް ދެއްވުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.

ކަނޑުދަތުރުކުރައްވާ ފަރާތްތަކުން ހާދިސާއެއް ދިމާވެއްޖެނަމަ ލަސްނުކުރައްވާ އެމްއެންޑީއެފް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުއްވައި މަޢުލޫމާތު ޙިއްސާކުރުމަށް ވަނީ އެދިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!