ޚަބަރު

ހުސްނުއްސުއޫދު އަޒުލު ކުރަންޖެހޭ: ޑރ. ޝަހީމް

ދެން އެމްވީ ، ދެން އޮންލައިން

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު އަޒުލު ކުރަންޖެހޭ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

Ads by STELCO

މިއަދު ކުރެއްވި ޓްވީޓެއްގައި ޑރ. ޝަހީމް ވިދާޅުވީ މަރު ކޮމިޝަނަށް ލިބިގެންވާ ބާރުގެ ބޭނުން ނަހަމަގޮތުގައި ހިފައި ސިޔާސީ ގޮތުން ބަޔަކު ބަދުނާމުކޮށް، ޑރ. އަފްރާޝީމްގެ މަރުގެ މިސްރާބު ދީނީ މީހުންގެ ބޮލަށް ބިންދާލަން މަސައްކަތް ކުރަނީ ހަގީގީ ހާތިލުން ފޮރުވަން ކަމަށެވެ. އަދި އެ ކޮމިޝަނުގެ މެމްބަރުންގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޑރ. ޝަހީމް ވިދާޅުވީ މަރު ކޮމިޝަނުން ފޮނުވި ދައުވާތައް އަނބުރާ ފޮނުވާލުމުން ދޭހަވަނީ ސުއޫދު ކުޅުނީ ސިޔާސީ ކުޅިއެއް ކަމަށެވެ. އެހެންކަމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ސުއޫދު އަޒުލު ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ސުއޫދަކީ ނަޒާހާތްތެރިކަން ގެއްލިފައިވާ ބޭފުޅެއް ކަމަށާއި ތަހުގީގު ފުރިހަމަ ނުކޮށް، ޑރ. އަފްރާޝީމްގެ މަރުގެ ތަހުގީގީ ރިޕޯޓް ނެރުނު މައްސަލާގައި ގާނޫނީ ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ.

ޑރ. ޝަހީމް މިހެން ވިދާޅުވެފައިވާއިރު، ޑރ. އަފްރާޝީމްގެ މަރުގެ ތަހުގީގަށް ދޮގު މައުލޫމާތު ދެއްވި ކަމުގެ ތުހުމަތުގައި އޭނާގެ މައްސަލަ ތަހުގީގު ކޮށްދިނުމަށް މަރު ކޮމިޝަނުން ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!