ދުނިޔެ

ވައިރަސް ހަރުނުލާ ފަށަލައަކާއެކު ޕީ.ޕީ.އީ ކިޓް އުފެއްދުމަށް އާ ފެބްރިކެއް އީޖާދު ކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ވައިރަސް، ލޭ އަދި ކުޅު ފަދަ ދިޔާ އެއްޗެއް ނުޖެހޭގޮތަށް އިންނަ ފަށަލައެއް ލައިގެން ޕީ.ޕީ.އީ ކިޓް ތައްޔާރު ކުރުމަށް ޚާއްސަ ފެބްރިކެއް ޔުނިވަރސިޓި އޮފް ޕިޓްސްބާގް ސްވަންސަން ސްކޫލް އޮފް އިންޖިނިއަރިންގގެ ރިސާޗަރުންތަކެއް ވަނީ އުފައްދާފައެވެ. މި ފަށަލައަކީ ކިތަންމެ ވަރަކަށް ދޮވުނަސް ނުފިލާ ގޮތަށް ހަދާފައިވާ ފަށަލައެކެވެ.

Ads by Sosun Fihaara

ކޮވިޑް-19 ފެށިގެން އައި އިރު އަދި މިހާރުވެސް އެންމެ އުނދަގޫވެފައިވާ އެއް ކަމަކީ ސިއްހީ މަސައްކަތްތެރިން ލާން ބޭނުން ކުރާ ރައްކާތެރި ހެދުން ފުދޭވަރަށް ނު އުފެއްދުން އަދި ނުލިބުމެވެ. އާދައި ޕީ.ޕީ.އީ ކިޓަކި އެއް ފަހަރު ބޭނުން ކޮށްފައި އެއްލާލަން ޖެހޭ އެއްޗެކެވެ. އެހެން ކަމުން އެއްފަހަރަށް ވުރެ ގިނަ ފަހަރު ދޮވެގެން ބޭނުން ކުރެވޭނެ ގޮތަކަށް މި ހެދުން ތައްޔާރުވެގެން އައުމަކީ ގިނަ ބަޔަކު ބޭނުންވި ކަމެކެވެ.

މި ފެބްރިކް އުފެއްދުމުގައި އެންމެ އިސްކޮށް ހަރާކާތްތެރިވާ އެންތޮނީ ގަލާންޓޭ ހާމަ ކުރި ގޮތުގައި، ލޭ ނުޖެހޭގޮތަށް ފެބްރިކެއް އުފެއްދުމަށް އަމާޒުކޮށްގެން މަސައްކަތް ކުރި ނަމަވެސް، މި ކަން އިތުރު ފިޔަވަޅެއް ކުރިއަށް ޖައްސާލުމަށްފަހު ވައިރަސްވެސް ހަރުނުލާ ކަހަލަ ފަށަލައެއް އުފެއްދުމަށް ވިސްނީ މި ހިނގާ ބަލިމަޑުކަމުގެ ސަބަބުންނެވެ. އަދި ގިނަ ފަހަރު ބޭނުން ކުރެވޭގޮތަށް މި ފަށަލަ ބެހެއްޓުމަކީ މުހިންމު ކަމެއް ކަމަށް ދެކިގެން ބޮޑު މަސައްކަތެއް އެއަށް ވަނީ ކުރެވިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!