ޚަބަރު

ގެއްލިގެން އުޅުނު ދެ ޑައިވަރުން ފެނިއްޖެ

ދެން އެމްވީ ، ދެން އޮންލައިން

ކ. މާފަޅުގައި ހަދަމުންދާ ރިސޯޓުގައި މަސައްކަތްކުރާ ދެ ޑައިވަރުން ގެއްލިގެން ހޯދަމުން ދަނިކޮށް ފެނިއްޖެއެވެ.

Ads by STELCO

އެމްއެންޑީއެފް އިން ބުނެފައިވަނީ ހަބަރެއް ނުވެގެން ޑައިވިނަށް ދިޔަ ދެ މުވައްޒަފުންނަކީ ބިދޭސީ ދެ ފިރިހެނުން ކަމަށެވެ. އެމީހުންގެ ހަބަރެއް ނުވެގެން މިއަދު 2:30 ހާއިރު ރިޕޯޓުކުރި ކަމަށެވެ. އަދި އެމީހުން ފެނުނީ 4:40 ހާއިރުއެވެ.

އެމްއެންޑީއެފް އިން ބުނީ ދެމީހުން ގެއްލުނު ސަރަހައްދުގައި ކޯސްޓްގާޑުން ހަރަކާތްތެރިވި އިރު ކައިރި ރިސޯޓުތަކުންވެސް ހަރަކާތްތެރިވެ އެހީވި ކަމަށެވެ.

އެމީހުން ފެނުނީ ކ. ހެލެނގެލީގައި ހިންގާ ރިސޯޓުގެ ލޯންޗަކަށް ކަމަށާއި ދެމީހުންގެ ހާލު ވެސް ރަނގަޅުކަމަށް ބުންޏެވެ.

ގެއްލިގެން ހޯދަމުން ދިޔަ ދެ ޑައިވަރުން މިއަދު ފެނުނު އިރު، ގެއްލިފައިވާ އިތުރު ދެ މީހަކު ހޯދުމުގެ މަސައްކަތް ދަނީ އެމްއެންޑީއެފް އިން ކުރަމުންނެވެ.

ފަހަކަށް އައިސް ކަނޑުމަތީގެ ހާދިސަތަކުގައި މީހުން ގެއްލުމުގެ މައްސަލަތައް އަންނަނީ ދިމާވަމުންނެވެ،

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!