ޚަބަރު

ބަޑިޖަހައިގެން ވާލާއި ކާޅު މެރުމަކީ ރަނގަޅު ކަމެއް ނޫން: މާރިޔާ

ބަޑިޖަހައިގެން ވާލާއި ކާޅު މެރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި އެކަމަނާ ވިދާޅުވީ ވާލާއި ކާޅުގެ އުނދަގޫ ބޮޑުވެގެން ބަޑިޖަހައިގެން ވާލާއި ކާޅު މަރައިދޭން މީހުން އެދެމުން އަންނަ ކަމަށާއި އެއީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ.

ވާލާއި ކާޅު މެރުމަށް ހުއްދަ ދެނީ އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ކަމަށާއި ނަމަވެސް އީޕީއޭއިން ހުއްދަ ދީފައި ވަނީ އެ ތަކެތި ފައްސަން ކަމަށް ވެސް މާރިޔާ ވިދާޅުވިއެވެ.

ޑިފެންސް މިނިސްޓަރ ވިދާޅުވީ ވަކި އަމާޒެއް ނެތި ބަޑިޖެހުމަކީ ހަރަދު ބޮޑު ކަމެއް ކަމަށާއި އެއީ މީހުން ދިރިއުޅޭ ރަށްރަށުގައި ކުރުން ރަނގަޅު ކަމެއް ނޫން ކަމަށެވެ.

މިނިސްޓަރ މާރިޔާ މިހެން ވިދާޅުވެފައިވާއިރު މީގެކުރިން ސިފައިން ވަނީ ބަޑިޖަހައި ކާޅު މަރާލާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!