ކެރެޓު ޕައި : ތައްޔާރުކޮށްލަން ވަރަށް ފަސޭހަ
ބޭނުންވާ ތެކެތި:
1 ކެރެޓް ގާނާފައި
1 ފިޔާ ގާނާފައި
6 ބިސް ގިރާފައ
3 މޭޒުމަތީ ސަމުސާ ޕާސްލީ ހިމުންކޮށް ކޮށާފައި
5 އޮލިވްސް ކޮށާފައި
އަސޭމިރުސް ކޮޅެއް
ލޮނުކޮޅެއް
ތެޔޮފޮދެއް
ތައްޔާރު ކުރާނެ ގޮތް :
ހުރިހާ ބާވަތް އެއްކޮށް ރަނގަޅަށް މޮޑެފައި ބިހާއި އެއްކޮށްފައި ތަވާ އުނދުން މައްޗަށް އުދާލާށެވެ. ތަވާގައި ތެޔޮފޮދެއް ހާކާފައި ކުރިން މޮޑުނު ބައި އަޅާލާފައި މަޑުގިނީގައި ބަހައްޓައިގެން ފިހެލާށެވެ. އެއްފުށް ފިހެވުމުން އަނެއްފުށް ވެސް ފިހެލާށެވެ. ބޭނުން ނަމަ އަވަނުން ވެސް ފިހެލެދިދާނެއެވެ.
Ads by Allied Insurance