ޚަބަރު

ރައީސް ޔާމީނަށް ކުރި ދައުވާ ރިވިއުކޮށްދޭން އަނެއްކާވެސް ގޮވާލައިފި

ދެން އެމްވީ ، ދެން އޮންލައިން

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީލޯންޑަރިންގެ ދައުވާ ސާބިތުވެ 5 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު، އެ ދައުވާ ރިވިއު ކުރުމަށް ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު އަނެއްކާވެސް ގޮވާލައްވައިފިއެވެ.

Ads by STELCO

ޗެނަލް 13 ގެ ޕްރޮގްރާމެއްގައި މިއަދު ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް ކުރި ދައުވާ އަކީ ސިޔާސީ ދައުވާއެއްކަމަށެވެ. އަދި ރައީސް ޔާމީންގެ މައްޗަށް ދައުވާ އުފުލައި، އެމަނިކުފާނަށް ނުހައްގުން ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވީ ފުލުހުން ތަހުގީގުކޮށް، ބަޔާން ނެގި މައްސަލައާ ގުޅިގެން ނޫން ކަމަށް ވެސް ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ އެމައްސަލައިގައި އެންޓިކޮރަޕްޝަން ކޮމިޝަނުން ދެއްކި ވާހަކައާއި ކޯޓުގައި ބަލަމުން ދިޔަ މައްސަލައިގައި ބޮޑެތި ފުށުއެރުންތަކެއް އެބަހުރި ކަމަށެވެ.

ސައީދު ވިދާޅުވީ ރާއްޖޭގައި ހުރި ހަމައެކަނި އިދިކޮޅު ލީޑަރަކީ ރައީސް ޔާމީން ކަަމަށާއި ދެން ތިއްބެވި ސިޔާސީ ލީޑަރުން މަސައްކަތް ކުރައްވަމުން ގެންދަވަނީ ސަރުކާރާ ގުޅިވަޑައިގެން ކަމަށެވެ.

ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި ރާއްޖޭގެ އެކި ރަށްތަކުގައި އަންނަނީ ޕެޓިޝަނެއްގައި ސޮއިކުރަމުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!