ރެސިޕީ: އާމަންޑް ބަނާނާ ކޭކް
ބޭނުންވާ ތަކެތި:
¼ 1 ޖޯޑު ފުށް
¾ މޭޒުމަތީ ސަމުސާ ބޭކިންގް ޕައުޑަރު
½ މޭޒުމަތީ ސަމުސާ ބޭކިންގް ސޯޑާ
¼ މޭޒުމަތީ ސަމުސާ ލޮނު
¼ ޖޯޑު ބަޓަރު
¾ ޖޯޑު ޕައުޑާޑް ޝުގަރ
1 ބިސް
5 މޭޒުމަތީ ސަމުސާ ޔޯގަޓް
1 މެޒުމަތީ ސަމުސާ ވެނީލާ އެސެންސް
2 ދޮންކެޔޮ (ޗަސް ކޮށްފައި)
2 މޭޒުމަތީ ސަމުސާ އަލްމަންޑް (ކޮށާފައި)
ތައްޔާރުކުރާނެ ގޮތް:
އަވަން 190 ޑިގްރީ ސެލްސިއަސްގައި ހޫނުކުރަން ޖެއްސުމަށްފަހު ކޭކް އަޅާ ޓްރޭ ގައި ބަޓަރު ކޮޅެއް ހާކާލާށެވެ. އަދި ކުޑަ ފުށްކޮޅެއް މި ޓްރޭގެ ތެރެއަށް ބުރުވާލާށެވެ.
ތައްޓަކަށް ފުށް، ބޭކިންގް ޕައުޑަރު، ބޭކިންގް ސޯޑަރ އަަދި ލޮނު ފުރާނާލުމަށްފަހު އެއްފަރާތެއްގައި ބަހައްޓާށެވެ.
އިތުރު ތައްޓަކަށް ބަޓަރު އަދި ޕައުޑާޑް ޝުގަރ އަޅައި ރަނގަޅަށް އެއްކޮށްލާށެވެ. އަދި މީގެ ތެރެއަށް ބިސް އަޅައި އެއްކޮށްލުމަށްފަހު، ޔޯގަޓް ކޮޅު އަޅައި އަނެއްކާވެސް ރަނގަޅަށް އެެއްކޮށްލާށެވެ.
ދެން މި ތައްޓަށް ކުރިން އެއްކުރި ފުށް މިކްސް އަދި ޗަސްކޮށްފައިހުރި ދޮންކެޔޮ މަޑުމަޑުން އެއްކުރަމުން ގެންދާށެވެ. މިހެން އެއްކުރަމުން ދާއިރު ކޮންމެ ބާވަތެއްގެވެސް އެތިކޮޅެއް އަޅަމުން ސަމުސަލަކުން ގިރަމުން ދާން ހަނދާން ކުރަންވާނެއެވެ.
ކުރިން ތައްޔާރުކުރި ޓްރޭައަށް މިމިކުސް އެޅުމަށްފަހު މީގެ މައްޗަށް ކޮށާފައިހުރި އަލްމަންޑްކޮޅު ބުރުވާލާށެވެ. އަދި 35-40 މިޏެޓްވަންދެން އަވަންގައި ފިހެލާށެވެ.
ރަނގަޅަށް ފިހުނުތޯ ބެލުމަށް ކޭކްގެ މެދަށް ޓޫތްޕިކެއް ހެރުމުން އޭގައި ނުހޭކޭނަމަ އެހެރީ ފިހެވިފައެވެ. ކޭކް ފިހެވުމުން 30 ވަރަކަށް މިނެޓް ހިހޫ ކުރުމަށްފަހު އެހެރީ ކެއުމަށް ތައްޔާރުވެފައެވެ.