ލައިފްސްޓައިލް

ރެސިޕީ: ޗިކަން ކޯޑޮން ބްލިއު

ދެން އެމްވީ ، ދެން އޮންލައިން

ބޭނުންވާ ތަކެތި:

Ads by Sosun Fihaara

500ގ ބޯންލެސް ޗިކަން ބްރެސްޓް

1 ދަޅު ލަންޗަން މީޓް

1 ޕެކެޓް މޮޒަރެއްލާ ޗީޒް

2 ޖޯޑު ބްރެޑް ކްރަންބްސް

1 ޖޯޑު ކޯންފްލާރ

1 މޭޒުމަތީ ސަމުސާ ލޮނުމެދު (ޗަސްކޮށްފައިހުރި)

1 މޭޒުމަތީ ސަމުސާ ފިޔާ (ޗަސްކޮށްފައިހުރި)

1 ސައިސަމުސާ އަސޭމިރުސް

ލޮނު (ރަހަލާވަރަށް)

2 ބިސް

1 ރޯލް ފުޑް ރެޕް

ތައްޔާރުކުރާނެ ގޮތް:

ޗިކަން ބްރެސްޓްތައް ތުނިކޮށް ފޮތިކުރުމަށްފަހު ލޮނު، އަސޭމިރުސް، ލޮނުމެދު އަދި ފިޔާކޮޅު ފޮތިކުރި ކުކުޅު ތަކުގައި ރަނގަޅަށް އުނގުޅާލާށެވެ. އެއަށްފަހު ފުޑް ރެޕްކުރާ ޝީޓެއްގައި މި ޗިކަން ފޮތި ބޭއްވުމަށްފަހު މީގެ މަތީގައި މޮޒަރެއްލާ ޗީޒް ސްލައިސް އެއް އަދި އޭގެ މަތީގައި ލަންޗަން މީޓް ފޮއްޗެއް ބާއްވާށެވެ.

އެއަށްފަހު ފުޑް ރެޕް އާއެކު ކުކުޅުކޮޅު ބާރަށް އޮޅާލުމަށްފަހު ފްރިޖްގައި 30 މިނެޓް ވަންދެން ބާއްވާލަން ވާނެއެވެ.

އެއަށްފަހު ޗިކަން ރޯލްތައް ފުޑް ރެޕުން ނެގުމަށްފަހު ކޯންފްލާރ ކޮޅެއް ލުމަށްފަހު ގިރާފައި ހުރި ބިސް އެއްޗަކަށް ލާށެވެ. އަދި ބްރެޑް ކްރަންބްސް ޗިކަންކޮޅުގެ ބޭރުގައި ރަނގަޅަށް ހާކާލާށެވެ. އަދި މި ކުކުޅު ރޯލްތަކަށް ރަން މުށިކުލަ އަރަންދެން ތެއްލާލާށެވެ.

ފްރައިޑް ރައިސް ނުވަތަ މޭޝް ޕޮޓޭޓޯއާއެކު ކާލަން ވަރަށް މީރުވާނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!